ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
މެދުރިމަތީގެ ރަނޑާލި ފިރިހެނުން ތަކަހޮޅި އަޅައިގެން ފަރި ބަލަނީތަ؟
ދުނިޔެ

މެދުރިމަތީގެ ރަނޑާލި ފިރިހެނުން ތަކަހޮޅި އަޅައިގެން ފަރި ބަލަނީތަ؟

އއިބްރާހީމްް ސަމީރު24 އޮކްޓޯބަރު 2024
ފަލަސްޠީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން އެދިފައިވަނީ ޝަހީދުވަމުންދާ މީހުންނަށް ބޭނުންވާ ކަފުން އަރަބި އަޚުން ފޯރިވައި ދޭށެވެ. ކުރިން ފޮނުވާފައިވާ ކަފުންގެ ސަޕްލައި މިހާރު ވަނީ ހުސްވެފައެވެ. ފަލަސްޠީނުގެ ހެލްތު މިނިސްޓްރީގެ ޑީޖީ ޑރ. މުނީރް އަލްބަރަޝް ވިދާޅުވަނީ ޒަޔަނިސްޓުން ދަނީ ހަސްފަތާލުތަކަށް އަމާޒު ކުރަމުން ކަމަށެވެ. ޔަހޫދީ ވަހުޝީ ހަމަލަތަކުގައި މިހާތަނަށް ފަލަސްޠީނުގެ އެއްހާސް ޑޮކްޓަރުން ވަނީ ޝަހީދު ކޮށްފައެވެ. އަދި 400 އާ ގާތް ކުރާ އަދަދެއްގެ ޑޮކްޓަރުން ވަނީ ހައްޔަރު ކޮށްފައެވެ. އަރަބިންނާއި އެހާގާތުގައި، އެއް ނަސްލެއް އަދި އެއް ބަހަކާއި، އެއް ދީނެއް ހިއްސާ ކުރާ ބަޔަކަށް އެވަރަށް އަނިޔާ ލިބޭއިރު، ކަހާތަން ހިރުވައިވެސް ނުލައީ ހާދަހާ ހިއްސު އައްސީވީމަ އެވެ! މި ވަރުގެ ބަޔަކު ކައިގެން ތިއްބަސް ހައި ބަނޑާ ތިބޭ ދުރުތިބީންނަށް ކާއެތިކޮޅެއް ފޯރުވައި ދީފާނެ ކަމަށް އުންމީދު ކުރާނީ މޮޔައެކެވެ! އައޫޒުބިއްލާހި!

ގުޅުންހުރި ޚަބަރު