ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޓެކްސްބޮޑުކޮށްފައި މުސާރަ ކުޑަކުރުމަކީ ދެބޯގެރި ދުއްވުން: ފައްޔާޒު
ޚަބަރު

ޓެކްސްބޮޑުކޮށްފައި މުސާރަ ކުޑަކުރުމަކީ ދެބޯގެރި ދުއްވުން: ފައްޔާޒު

ޟޟަމްރަތު އަހްމަދު24 އޮކްޓޯބަރު 2024
އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން އަތުން ނަގާ ޓެކްސް ބޮޑުކޮށްފައި ސިޔާސީ ވަޒީފާތުގައި ތިބި މީހުންގެ މުސާރައުން ދިހަ ޕަސެންޓު އުނި ކުރުމަކީ ދެބޯގެރި ދުއްވުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "އާންމު ރައްޔިތުން އަތުން އަދި ވިޔަފާރިތަކުން ނަގާ ޓެކްސް އެތައް ތަނަކުން ބޮޑުކޮށްފައި، ސިޔާސީ ވަޒީފާތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރަން ނިންމި ނިންމުމަކީ ދެބޯގެރިދުއްވުމެއް،" ކަމަށެވެ. މި ސަރުކާރު އައިތާ އެގާރަމަސް ތެރޭގައު ތިންހާހާ ގާތްކުރާ އަދަދަކަށް ސިޔާސީ ވަޒީފާ އުފައްދައިފައިވާ ކަމަށެވެ. "މިވީ 11 މަސްދުވަހުގެ ތެރޭގައި 3000 އާ ގާތްކުރާ އަދަދަކަށް ސިޔާސީ ވަޒީފާ އުފައްދައިފި. ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް އެ އަދަދު 700 އަށް ކުޑަކޮށްފައި ނޫނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރާ ވާހަކަ ދެއްކުންވެސް ލަދުވެތި،" ފައްޔާޒު ވިދާޅުވެފައިވެއެވެ. ފައްޔާޒު މިހެން ވިދާޅުވީ ބައެއް ޓެކްސްތައް ބޮޑުކޮށް ސިޔާސީ ވަޒީފާތުގައި ތިއްބެވި މުވައްޒަފުންގެ މުސާރައިން ދިހަ ޕަސެންޓު އުނިކުރުމަށް ރައީސް ނިންމެވުމުންނެވެ.

ގުޅުންހުރި ޚަބަރު