ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކޮމަންވެލްތު: ރިޓްރީޓްގައި، ނާއިބު ރައީސް ބައިވެރިވެވަޑައިގެންފި
ޚަބަރު

ކޮމަންވެލްތު: ރިޓްރީޓްގައި، ނާއިބު ރައީސް ބައިވެރިވެވަޑައިގެންފި

އއަހުމަދު މުހައްމަދު27 އޮކްޓޯބަރު 2024
ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް (ޗޮގަމް 2024) ގެ ހަވާސާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެވަޑައިގެންފިއެވެ. ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ރިޓްރީޓަކީ، ކޮމަންވެލްތުގެ މެންބަރު ޤައުމުތަކަށް ބޭނުންވާ ބަދަލުތައް ގެނައުމަށްޓަކައި، މާނަހުރި ގޮތެއްގައި އިސްވެރިންނަށް ޝާމިލުވެވަޑައިގެންނެވޭނެ ފުރުޞަތު ފަހިކޮށްދޭ ހަރަކާތެކެވެ. މި ހަރަކާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ނާއިބެވެ. އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ވަޑައިގެންނެވިއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި އިޙުތިރާމު ކުރާ، އަދި އިޙުތިރާމު ލިބޭ، ޤައުމަކަށް ދިވެހިރާއްޖެ ހެދުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނުހަނު މުހިންމު ކަމެއް ދެއްވާ ކަމެކެވެ. ކޮންމެ 2 އަހަރަކުން އެއް އަހަރު އޮންނަ ޗޮގަމްގެ މި އަހަރުގެ ސަމިޓް ކުރިއަށް ދަނީ ސަމޯއާގެ ވެރިރަށް އަޕިއާގައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
  • ޚަބަރާއި ފޮޓޯ ރައީސް އޮފީސް
 

ގުޅުންހުރި ޚަބަރު