ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ސަޕްލިމެންޓްރީ ބަޖެޓް މިއަދު ނިންމަން ފާސްކޮށްފި
ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓް މިއަދު ނިންމަން ފާސްކޮށްފި

އއަހުމަދު މުހައްމަދު27 އޮކްޓޯބަރު 2024
ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި، މިއަހަރުގެ ކުރިއަށް އޮތްތަނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އިންތިހާބުކޮށް، ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސަރުކާރުން ހުށަހެޅީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ. މަޖިލީހުގައި އިބްތިދާއީ ބަހުސް ނިންމައި، އިތުރަށް ދިރާސާކުރުމަށް ބަޖެޓް ކޮމިޓީއަށްފޮނުވަން މަޖިލީހުން ފާސްކުރީ، މިމަހުގެ 24 ވަނަ ދުވަހުއެވެ. މިއަދު 10:15 ގައި ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ އިންތިހާބު ކޮށްފައެވެ. ނާއިބު މުގައްރިރަކަށް އިންތިހާބުކުރީ، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ކޮމިޓީގެ ކޯރަމާއި، ކޮމިޓީން ކަންކަން ފާސްކުރަން ބޭނުންވާ ކޯރަމާއި، ކޮމިޓީއަށް މީހުން ހާޒިރުކުރާ ކޯރަމަކީ، 12 މެންބަރުންކަމަށް ވަނީ ކޮމިޓީން ފާސްކޮށްފައެވެ. މަޖިލިސް ތަޅުމުން ފާސްކުރި ގޮތަށް، ކޮމިޓީން ފާސްކުރީ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް ކޮމިޓީން މިއަދު ފާސްކޮށް، މަޖިލިސް ތަޅުމަށް ފޮނުވުމަށެވެ.

ގުޅުންހުރި ޚަބަރު