ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އަންނަ އަހަރުގެ ބަޖެޓް ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހަޅަނީ
ޚަބަރު

އަންނަ އަހަރުގެ ބަޖެޓް ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހަޅަނީ

އއަހުމަދު މުހައްމަދު27 އޮކްޓޯބަރު 2024
އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ދައުލަތުގެ ބަޖެޓު އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ. ގާނޫނު އަސާސީ ބުނާގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހިނގަމުންދާ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ހުށަހަޅަން ޖެހެ އެވެ. ބުރާސްފަތި ދުވަހަކީ މި މަހުގެ ފަހު ދުވަހެވެ. 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅަން ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާކަން ހާމަކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. ސަރުކާރުން ހުށަހަޅާފައިވާ ހަތަރު ބިލެއް ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި އިގުތިސާދީ ކޮމިޓީ ގެ ޖޮއިންޓު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މި ބިލުތަކުގެ މަސައްކަތް މި ހަފުތާ ތެރޭ ނިންމަން ޖެހޭ ކަމަށެވެ. ސަބަބަކީ މިއީ ޓެކްސް ނެގުމާއި ދައުލަތުގެ އާމްދަނީއާ ގުޅޭ ބިލުތަކެއް ކަމުން ބުރާސްފަތި ދުވަހު ބަޖެޓު ހުށަހެޅުމުގެ ކުރިން އަންނަ އަހަރު އިތުރުވާނެ ކަމަށް ލަފާކުރާ އަދަދުތައް ކަށަވަރުކުރުން ކަމަށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލަ އަދަދެއް އަދި ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. މި އަހަރަށް ފާސްކޮށްފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓުން ނުވާނެ ކަމަށް ނިންމައި، ބަޖެޓު ސަޕްލިމެންޓުގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއްވެސް ވަނީ ހުށަހަޅާފަ އެވެ. އެ ބަޖެޓު މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ގުޅުންހުރި ޚަބަރު