ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ޑިމޮކްރަޓިކް ހަމަތަކަށް ރުޖޫއަވުމަށް ޕީއެންސީއަށް އެމްޑީޕީން ގޮވާލައިފި
ޚަބަރު

ޑިމޮކްރަޓިކް ހަމަތަކަށް ރުޖޫއަވުމަށް ޕީއެންސީއަށް އެމްޑީޕީން ގޮވާލައިފި

މމުހައްމަދު އަލީ27 އޮކްޓޯބަރު 2024
ވެރިކަން ކުރާ ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް ޓަކައި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕީއެންސީއަށް މީހުން ވެއްދުމަށް ޓަކައި ފޯމު ފުރުމުގެ މަސައްކަތް، ސަރުކާރުގެ އިމާރާތްތަކުގައި ކުރަމުންދާ ކަމަށެވެ. އެމަސައްކަތްތައް ކުރުވަނީ މަސައްކަތުގެ ރަސްމީ ގަޑިތަކުގައި މުއައްސަސާތަކުގެ މުވައްޒަފުން ލައްވާ ކަމަށް ވެސް ބުނެފައިވެއެވެ. އެކަން އެގޮތަށް ކުރުވަމުން ގެންދާތީ ބައެއް ތަންތަނުގެ މަސައްކަތަށް ދަތިވަމުންދާ ކަމަށް އެ ތަންތަނުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބެމުންދާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. މިއީ އެޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމެއް ކަމަށްވެސް ބުނެފައިވެއެވެ. "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ނުފޫޒު ފޯރުވައި ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރަމެވެ." އެމްޑީޕީން ބުނެފައިވަނީ މީގެކުރިން އުފެދުނު ޕީޕީއެމްގެ ސަރުކާރެކޭ އެއްގޮތަށް މިވަގުތު އޮތް ޕީއެންސީގެ ސަރުކާރުން ވެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. "އެއްވެސް މީހަކަށް ވަޒީފާގެ ބިރު ދައްކައި ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ވެސް ބުނެފައިވެއެވެ. ޕީއެންސީން މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ. އެހެން ކަމުން އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓިން ވަނީ ގޮވާލއިފައެވެ. "އޭގެ އިތުރުން، ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް މުއައްސަސާތަކަށް ގޮވާލަމެވެ." ބަޔާނުގައިވެއެވެ.

ގުޅުންހުރި ޚަބަރު