ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ވޯޓުފޮށީގައި ބަނޑުއެޅޭނޭ ދުވަހެއް މިރާއްޖެއަކު  ދެން ނާންނާނެ: ފައްޔާޒު
ޚަބަރު

ވޯޓުފޮށީގައި ބަނޑުއެޅޭނޭ ދުވަހެއް މިރާއްޖެއަކު ދެން ނާންނާނެ: ފައްޔާޒު

މމުހައްމަދު އަލީ28 އޮކްޓޯބަރު 2024
ވޯޓުފޮށީގައި ބަނޑުއެޅޭނޭ ދުވަހެއް ދެން މިރާއްޖެއަކު ނާންނާނޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހާރުއެއީ މާޒީ ކަމަށެވެ. "އެތެރެ ނުފެންނަ ވޯޓުފޮށްޓާއި، ކުޑަކާފު ބޮޑުކާފު ކިޔައިގެން ރައްޔިތުންގެ ވޯޓުގައި ބަނޑުއެޅުވޭނެ ޒަމާނެއް ދެން މިރާއްޖެއަކަށް ނުގެނެވޭނެ،" ފައްޔާޒު ވިދާޅުވެފައިވެއެވެ. އޭސީސީއާއި އީސީއަށް ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ބާރުދޭ ގޮތަށް ގާނޫނު ބަދަލު ކުރަން ސަރުކާރުން މިހާރުވަނީ ނިންމަވާފައެވެ. މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވެފައިވަނީ "ކޮރަޕްޝަން ބަލާ މީހުންނަށް ޅިޔަނުންގެ އޮފީސްއޮފީހަށް ވަނުން މަނާކުރެވޭ ދައުރެއްވެސް ދެން ދިވެހީން ނުދެކޭނެ،" ކަމަށެވެ. ސާފުތާހިރު ރީތިވެރިކަމެއް ކޮށްދެއްވަން އެނގިވަޑައި ނުގަންނަވާ ކަމަށް ވާނަ ރައީސުލްޖުމްހޫރިއްޔާ ފަހަތަށް ޖެހިވަޑައިގެންނެވުމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު