ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ރައީސްގެ އަނބިކަނބަލުން ޓެންޒޭނިއާއަށް ފުރާވަޑައިގެންފި
ޚަބަރު

ރައީސްގެ އަނބިކަނބަލުން ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

މމުހައްމަދު އަލީ28 އޮކްޓޯބަރު 2024
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޓެންޒެނިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. އެކަމަނާގެ މި ދަތުރުފުޅަކީ، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ކޮންފަރެންސްގެ މަތީފަންތީގެ ފަސްޓް ލޭޑީސް ޕެނަލާއި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ކޮމިޓީ ބައްދަލުވުމުގައިވެސް އެކަމަނާ ވާހަކުފުޅުދައްކަވާގޮތަށް ވަނީ ހަމަޖެހިފައެވެ. އޮކްޓޯބަރު 29 އިން 30 އަށް ކުރިއަށްދާ މި ކޮންފަރެންސްގެ 11 ވަނަ ބައްދަލުވުމުގައި އަންހެނުން ބާރުވެރިކުރުވުމާއި ބަލިތައް މެނޭޖްކުރުމާއި އެފްރިކާ އާއި އޭޝިއާގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފުޅާކުރުން ފަދަ މައުޟޫޢުތަކާ ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށްދާނެއެވެ. -ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު