ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ތިންސަތޭކަ އަށާވީސް މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
ޚަބަރު

ތިންސަތޭކަ އަށާވީސް މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

އއަހުމަދު މުހައްމަދު28 އޮކްޓޯބަރު 2024
މިއަހަރު ތެރޭގައި 328 މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގެންފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމު ޕޮލިސް ޑެސްކްތަކާގުޅޭގޮތުން މިނިސްޓަރާ ކުރެއްވި ސުވާލަކާ ގުޅިގެން ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 177 ކިލޯގެ މަސްތުވާތަކެއްޗާއި 8386 ބަނގުރާ ދަޅާއި، ފުޅި ހިފެހެއްޓިފައިވާ ކަމަށެވެ. ރަށްރަށުގައި ގާއިމްކޮށްފައިވާ ޕޮލިސް ޓެސްކްތަކުން ކުރަމުންދާ މަސައްކަތްތަކީ، ޑްރަގް މައްސަލަތަކާބެހޭ މައުލޫމާތު ހޯދައި އެއްކޮށް ސެންޓްރަލް ޕޮލިސިން އޭރިއާތަކަށް ފޯރުކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ. އެމައުލޫމާތުތަކަށް ބަލައި، މިހާތަނަށް ތިން އަތޮޅެއްގައި ރެއިޑް ކުރުމުގެ ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް 100 ޕަސެންޓަށް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަމާޒު ހިފާފައިވާކަން އިއުލާންކުރައްވާފައިވާއިރު، އެކަމަށްޓަކައި، މަލްޓި އެޖެންސީ ޓާސްކްފޯހެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު