ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މި ސަރުކާރުން މަސައްކަތްކުރަނީ ޚުދުމުޚުތާރުވެރިކަމެއް ގާއިމްކުރަން: ޝާހިދު
ޚަބަރު

މި ސަރުކާރުން މަސައްކަތްކުރަނީ ޚުދުމުޚުތާރުވެރިކަމެއް ގާއިމްކުރަން: ޝާހިދު

މމުހައްމަދު އަލީ28 އޮކްޓޯބަރު 2024
މިސަރުކާރުން މަސައްކަތް ކުރަނީ މިރާއްޖޭގައި ޚުދުމުޚުތާރު ވެރިކަމެއް ގާއިމް ކުރުމަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުމުން އެކަމަށް ފާޑުވިދާޅުވަމުންނެވެ. މި އިސްލާހަކީ 2008 ވަނަ އަހަރު "ޢަމަލުކުރަންފެށި ގާނޫނުއަސާސީން ލިބިދީފައި އޮތް މިނިވަން ޑިމޮކްރެޓިކް ނިޒާމް ފުނޑުފުނޑުކޮށްލާ، ބާރުތައް ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށް، ޚުދްމުޚްތާރުވެރިކަމެއް މިރާއްޖޭގައި ގާއިމް ކުރުމަށް މިސަރުކާރުން ގެންގުޅޭ ނުރައްކާތެރި ސިއްރު އެޖެންޑާގެ ބައެއް،" ކަމަށް ވެސް ޝާހިދުވަނީ ވިދާޅުވެފައެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ފަހުގެ ތާރީޚެއްގައި ކުރިމަތި ވަމުންދާ އެންމެ ބޮޑު ނުރައްކާ ކަމަށް ވެސް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޝާހިދު ވަނީ ވިދާޅުވެފައެވެ. "އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނެސް، ރާއްޖެ ބަލައިގެންފައިވާ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމު ގަޑުބަޑު ކުރުމަށް ކުރަމުންދާ މި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު