ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ނުގަވައިދުން ސިނގިރޭޓް ބޯ ތަންތަނުގެ ހުއްދަ ބާތިލް ކުރާ ބިލް ކޮމިޓީއަށް
ޚަބަރު

ނުގަވައިދުން ސިނގިރޭޓް ބޯ ތަންތަނުގެ ހުއްދަ ބާތިލް ކުރާ ބިލް ކޮމިޓީއަށް

އއަހުމަދު މުހައްމަދު28 އޮކްޓޯބަރު 2024
ވޭޕް މަނާކޮށް، ނުގަވައިދުން ސިނގިރޭޓް ބޯ ތަންތަނުގެ ވިޔަފާރިހުއްދަ ބާތިލް ކުރަން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލް މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާންއެވެ. މިއަދުގެ ޖަލްސާގައި މި ބިލްގެ އިބުތިދާއީބަހުސް ވަނީ ނިންމައިފައެވެ. އެހެންކަމުން މަޖިލީހަށް ބިލް ބަލައިގަންނަން ވޯޓަށް އެހުމުން، މަޖިލީހަށް ބިލް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 77 މެންބަރުންގެ ތެރެއިން 76 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ބަލައި ގަތުމަށް ވޯޓު ނުދެއްވަނީ، ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ. މި ބިލްގައިވާގޮތުން ،އިލެކްޓްރޯނިކް ސިނގިރޭޓާއި، އެފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އެފެއްދުންތައް ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ. ސިނގިރެޓްބުއިން މުޅިން މަނާކޮށްފައިވާ ތަނެއްގައި، ދުންފަތުގެ އިސްތިއުމާލްކޮށްފިނަމަ، އަދި އެ ތަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޯށްދޭ ތަނެއްނަމަ، އެކަން ކުރި ފަރާތާއި، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތް މި ގާނޫނުގައިބުނާ ޖޫރިމަނާ ކުރުމުގެ އިތުރުން، އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށްވެސް ބިލްގައިވެއެވެ. އެގޮތުން ކުރާ ޖޫރިމަނާގެ މިންވަރު 1000، ރުފިޔާ އާއި 1،000،000 ރުފިޔާއާ ހަމައަށް އަރާ ކަމަށް ބިލްގައިވެއެވެ. ބިލްގައިވާގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް  ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެ ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެފަދަ ތަކެތި އެތެރެކޮށްފިނަމަ، 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ؛ ކަމަށާއި، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެގޮތުން ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ، އިތުރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ އުފެއްދުމެއް ރާއްޖޭގައި ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވއެވެ. މިބިލުގައި، ދުންފަތުންގެ ބާވަތެއް ވިއްކޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުން  21 އަހަރަށް  ބަދަލު ކުރުމަށްވެސް ވަނީ ހިމަނައިފައެވެ. މި ބިލްގައިވާ ގޮތުން، އެ ނިންމުން ތަންފީޒު ކުރާނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ. ސަރުކާރުން ވަނީ އަންނަ މަހުގެ 15 އިން ފެށިގެން ވޭޕް ރާއްޖެ އެތެރެ ކުރުން މަނާ ކުރުމަށް ނިންމައިފިއެވެ. އަދި އަންނަ 15 ޑިސެމްބަރުން ފެށިގެން ވޭޕް ބޭނުން ކުރުމާއި ވިއްކުން މަނާ ކުރުމަށެވެ.

ގުޅުންހުރި ޚަބަރު