ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ބަންޑާރާނާއިބު ގެންދަވަނީ ހެޔޮވެރިކަމުގެ ނިޒާމް ފޭރިގަންނަމުން: ޝިފާޒު
ޚަބަރު

ބަންޑާރާނާއިބު ގެންދަވަނީ ހެޔޮވެރިކަމުގެ ނިޒާމް ފޭރިގަންނަމުން: ޝިފާޒު

މމުހައްމަދު އަލީ28 އޮކްޓޯބަރު 2024
ދިވެހި ދައުލަތުގެ ބަންޑާރަނާއިބު އަހުމްދު އުޝާމް މިހާރު ގެންދަވަނީ ރައްޔިތުން ފުރާނަ އަތްމައްޗަށް ލައިގެން ބިރުވެރިކަމެއްގެތެރޭގައި ތިބެގެން ހޯދައިފައިވާ ތިންބާރު ވަކިވެފައިވާ ނިޒާމް ފޭރިގަންނަމުން ކަމަށް ދި ޑިމޮކްރެޓްސް ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާޒު ވިދާޅުވެފައިވަނީ "ގާނޫނީ ތާޖު އަޅުއްވައިގެން ބަންޑާރަނައިބު މިއަދުގެ ރައީސަށް ތިޔަކޮށްދެއްވާ މަސައްކަތަކީ، ބޮޑު ބިރުވެރިކަމެއްގެ ތެރޭން ދިވެހި ރައްޔިތުން ފުރާނަ އަތްމައްޗަށް ލައިގެން ނިކުމެ ހޯދި ތިންބާރު ވަކިވެފައި އޮތް ހެޔޮވެރިކަމުގެ ނިޒާމު ފޭރިގަތުމުގެ މަސައްކަތް،" ކަމަށެވެ. އެއީ ޑިކްޓޭޓަރޝިޕެއްގެ ތެރެއަށް އަނެއްކާވެސް ގައުމު ވައްޓާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝިފާޒު ވިދާޅުވީ ދައުލަތެއް ހަލާކުކޮށްލެވޭނީ ބަންޑާރަނާއިބު އެކަން ކޮށްދެއްވަން ހުންނަވައިގެން ކަމަށެވެ. ބަންޑާރަ ނާއިބު އަބަދުވެސް ވިސްނަވަންވާނީ އެމަނިކުފާނަކީ ސަރުކާރުގެ ބަންޑާރަ ނާއިބެއް ނޫން ކަމަށާއި އެއީ ދައުލަތުގެ ބަންޑާރަ ނާއިބު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝީފާޒު މިގޮތަށް ވިދާޅުވީ އީސީއާއި އޭސީސީގެ ރައީސުންނާއި ނާއިބު ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންވާ ގޮތަށް ގާނޫނަށް ބަދަލުގެންނަން މަޖިލީހަށް ހުށަހެޅުވުމުންނެވެ. މިކަން މިގޮތަށް ނުކުރުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

ގުޅުންހުރި ޚަބަރު