ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކުޅުދުއްފުށީގައި އައިޑީކާޑު ޚިދުމަތް ފަށަން ބަޖެޓުގައި ހިމަނައިފި
ޚަބަރު

ކުޅުދުއްފުށީގައި އައިޑީކާޑު ޚިދުމަތް ފަށަން ބަޖެޓުގައި ހިމަނައިފި

މމުހައްމަދު އަލީ28 އޮކްޓޯބަރު 2024
ކުޅުދުއްފުށި ސިޓީގައި އައިޑީ ކާޑުގެ ޚިދުމަތް ފަށަން އަންއަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައަޅާފައިވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ. އެސީޓީގައި އަޑީކާޑު ޚިދުމަތް ފަށާނޭ ދުވަހަކާމެދު މެންބަރަކު ކުރެއްވި ސުވާލަކަށް ރައްޔޮތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އައިޑީ ކާޑްގެ ޚިދުމަތް ދިނުމަށް ގާތްގަނޑަކަށް އެއްލައްކަ ވިހި ހާސް ރުފިޔާ ޚަރަދުވާ ކަމަށެވެ. އެހެން ކަމުން އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާވަރަކުން ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. ޓައިމްލައިނަށް ވުރެ ކުރިން އައިޑީ ކާޑުގެ ޚިދުމަތް އެސިޓީގައި ފަށަން ސިޓީ ކައުންސިލުން އެދިވަޑައިގެންފިނަމަ ބޭނުންވާ މައުލޫމާތު ހިއްސާ ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެއަށްފަހު އެތަކެތި ހޯއްދަވައިދެއްވީމާ އެ ޚިދުމަތް ފަށާނޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ކުރިން ވިދާޅުވެފައިވަނީ ރަށްރަށުގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދިނުމަކީ ޚަރަދުބޮޑު ކަމެއް ކަމަށެވެ. އެހެންމަވެސް އެއީ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތެއް ކަމަށް ވިދާޅުވެފައިވެއެވެ. މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދެކެވެ.

ގުޅުންހުރި ޚަބަރު