ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މިނިސްޓަރު އަޅުގަނޑަށް ކުރާ ތުހުމަތު ބަލައިދިނުމަށް ހުށަހަޅައިފިން: ފައްޔާޒު
ޚަބަރު

މިނިސްޓަރު އަޅުގަނޑަށް ކުރާ ތުހުމަތު ބަލައިދިނުމަށް ހުށަހަޅައިފިން: ފައްޔާޒު

މމުހައްމަދު އަލީ29 އޮކްޓޯބަރު 2024
ޕޮލިސް ސްޓޭޝަންތަކެއް އެޅުމާބެހޭ ޕްރޮޖެކްޓަކާ ގުޅިގެން ހޯމް މިނިސްޓަރ އަލީ އިހްސާން ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ކޮރަޕްޝަނުގެ ތުހުމަތު ކުރައްވާތީ އެކަން ތަހުގީގުކޮށް ދިނުމަށް އެދި ފުލުހަށާއި އޭސީސީއަށް މިއަދު ހުށަހަޅައިފި ކަމަށް ފައްޔާޒު ވިދާޅުވެއްޖެއެވެ. "މިނިސްޓަރު އިހުސާން ވަނީ، ކުރީސަރުކާރުން، ޕޮލިސް ޔުނިޓުތަކެއް އެޅުމާގުޅޭ ޕްރޮޖެކްޓަކާ ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ދެއްވާފައި. އަޅުގަނޑުގެ ފަރާތުން މިކަމުގައި ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެވިއްޖެ،" ފައްޔާޒު ވިދާޅުވެފައިވެއެވެ. އޭސީސީއަށް ފޮނުއްވި ސިޓީއާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ މިފަދަ ތުހުމަތުތައް އިހުސާން ކުރައްވަމުން ގެންދަވަނީ ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް އެމަނިކުފާނު ހުންނަވައިގެން ކަމަށެވެ. އެމަގާމުގައި ހުންނަވާތާ މިހާރު އަހަރެއް ވަނީ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ފައްޔާޒަށް ކުރައްވާ އެ ތުހުމަތުތަކާ ބެހޭ އެއްވެސް ތަހުގީގެއް ފާއިތުވި އަހަރެއްހާ ދުވަސްތެރޭގައި މިނިސްޓަރ ހިންގަވާފައެއް ނުވެއެވެ. އެފަދަ ތަހުގީގެއް ނުކޮށް، ދައުވާއެއް ވެސް ނުއުފުލައި މިފަދަ ތުހުމަތުތަކެއް ކުރައްވަމުން ގެންދެވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށްވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ. "މިކަމުގައި ރަސްމީކޮށް ޖަވާބުދާރީވުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުން މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އޭސީސީ އަދި ފުލުހުންނަށް މިއަދު ހުށަހަޅައިފިން،" ފައްޔާޒު ވިދާޅުވެފައިވެއެވެ. މިނިސްޓަރ އިހްސާން ފައްޔާޒަށް ކުރައްވާ ކޮރަޕްޝަނުގެ ތުހުމަތުގެ ވާހަކަ ދެން ދައްކަވަންވާނީ އެމަނިކުފާނާ ރައްޔިތުން މަތިކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް ފަހު ކަމަށްވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ. މިނިސްޓަރ އެތުހުމަތު ކުރައްވާ މައްސަލައިގެ ލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުގައި މިހާރުވެސް ހުންނާނޭ ކަމަށް ކުރީގެ ވަޒީރު ފައްޔާޒު ވިދާޅުވެފައިވެއެވެ. އޭސިސީއަށް ފައްޔާޒު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ "ވީމާ އެކަމާ ގުޅިގެން ތިޔަކޮމިޝަނުން އެއްވެސް ތަހުގީގެއް ކުރަމުންދާނަމަ ވީއެންމެ އަވަހަކަށް އެ ތަހުގީގު ނިންމައި އަޅުގަނޑަށް މިކަމުގައި ފުރިހަމައަށް ޖަވާބުދާރީވެވޭނޭ މަގު ތަނަވަސްކޮށްދިނުމަށް އެދެމެވެ. އަދި ތަހުގީގު ކުރަމުންނުދާނަމަ މިނިސްޓަރު އިހްސާން ކުރައްވައިފައިވާ ތުހުމަތުތަކުގެ އެންމެފުނަށް ވާސިލްވެ އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށްއެދި ދެންނެވީމެވެ." މިކަމާ ގުޅިގެން އޭސީސީން އެއްވެސް ތަހުގީގެއް ހިންގަވަމުން ގެންދަވާނަމަ އެކަމަށް ފުރިހަމައަށް އެއްބާރުލެއްވުން ދެއްވާނޭ ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު