ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ފައިސާ ލިބިއްޖެ: މިނިސްޓަރު
ޚަބަރު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ފައިސާ ލިބިއްޖެ: މިނިސްޓަރު

އއަހުމަދު މުހައްމަދު30 އޮކްޓޯބަރު 2024
އަހްމަދު ދީދީ މިނިސްޓަރާ ސުވާލު ކުރެއްވީ، އައްޑޫ ސިޓީގެ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ ބޮޑުކުރުމަކީ މިސަރުކާރުގެ ވައުދަކަށްވާއިރު، އެ މަސައްކަތް ފެށޭނެ ދުވަހެއް ސާފު ކުރެއްވުމަށެވެ. ޖަބާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކެޕޭސީޓީ ނެތުން ކަމަށެވެ. "އެންމެފުރަތަމަ ފެލިވަރު އޮޕަރޭޝަނަށް އައިފަހުން 47 އަހަރު ވެގެންދިޔައިރު އޭރު ފެސިޓީ ފެށުނުގޮތާ މިއަދަކާ މާބޮޑު ތަފާތެއްނެތް، މަސްވެރިކަމުގު ސިނާއަތް ކުރިއަރުވަން މާބޮޑު ކަމެއް ކުރެވިފައެއްނެތް،" މިނިސްޓަރު ވިދާޅުވީ، މިފްކޯ ވުޖޫދުވިފަހުން 28 އަހަރުވީއިރު މަސްވެރިކަން އިތުރަށް ތަރައްގީކުރެވިފައިނެތުވެސް އެއީ ގޮންޖެހުމެއްކަމަށެވެ. ނަމަވެސް ފަންޑިންއެޖެންސީތަކާއެކު ދެއްކި ވާހަކަތަކަށްފަހު، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް(އައިއެސްޑީބީ)ގެ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން އެފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ކުރީކޮޅު އެތަނުގެ މަސައްކަތް ފަށައި، އެ އަހަރުގެ ފަހުކޮޅު ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ނިމައިލެވޭނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން މިހާރު އެތަނުގައި މަސްރައްކާކުރުމުގެ ކެޕޭސިޓީ 1500 ޓަނުން 2500 ޓަނަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި ބްރައިން ފްރީޒިން ކެޕޭސިޓީ 50 ޓަނުން 100 ޓަނަށް އިތުރު ކުރެވި، ދުވާލެއްގެ މައްޗަށް 100 ޓަނުގެ މަސް ގަނެވޭނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު