ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
މަސްވެރީންނަށް ނުދެވިހުރި ފައީސާ ދިނުމަށް މިފްކޯއާ ހަވާލުކޮށްފި
ޚަބަރު

މަސްވެރީންނަށް ނުދެވިހުރި ފައީސާ ދިނުމަށް މިފްކޯއާ ހަވާލުކޮށްފި

އއަހުމަދު މުހައްމަދު30 އޮކްޓޯބަރު 2024
މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯއާ ޙަވާލުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އެކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރު މެނިފެސްޓޯގައިވާ ފަދައިން 48 ގަޑި އިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމުގެ ވަޢުދަކީ ހަނދާން ނައްތާލާނެ ވަޢުދެއް ނޫން ކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، މަސްވެރިންނަށް މިވަގުތު ނުދެވިވާ ފައިސާގެ އަދަދަކީ 16.2 މިިޔަން ރުފިޔާ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން މި ފައިސާ މިފްކޯއަށް މިއަދުގެ ވަގުތެއްގައި ޖަމާކޮށް މާދަމާ މަސްވެރިންނަށް މިފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރު ހަވާލުވިއިރު 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި ހުރިކަމަށެވެ. ނަމަވެސް ސަރުކާރުން އެ ބެކްލޮގް ކްލިއަރކޮށް މަސްވެރިން ބާނާ މަހަށް މިހާރު ޤަވާއިދުން ފައިސާ ދެމުންދާކަމަށާއި، ސަރުކާރުން ވަޢުދުވީ ގޮތަށް 48 ގަޑިއިރު މަސްވެރިންނަށް ފައިސާ ދިނުމަށްވީ ވަޢުދު ފުއްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު، ވަނީ ރާއްޖޭގައި މިވަގުތު މަސްވެރިކަމުގެ ކެޕޭސިޓީ ދަށްވުމުން އެކަށީގެންވާ ވަރަށް މަސް ނުގަނެވޭކަން ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ޚަބަރު