ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލުކުރުން ސަރުކާރުން ކުށްވެރިކޮށްފި
ޚަބަރު

މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލުކުރުން ސަރުކާރުން ކުށްވެރިކޮށްފި

އއަހުމަދު މުހައްމަދު30 އޮކްޓޯބަރު 2024
މެކްސިކޯގައި ބޭއްވުމަށް ހަމަޖައްސާފައިވާ "މިސް ޔުނިވާސް" މުބާރާތުގައި ރާއްޖެ ތަމްސީލްކުރުމަށް ދިވެއްސަކު ދިއުން ސަރުކާރުން ކުށްވެރިކޮށްފިއެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނީ އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ. އޭނާ ވަނީ 2022 ވަނަ އަހަރު ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސް ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ އަހަރު މިސްރުގައި ބޭއްވި ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް މުބާރާތުގައި ޝައިނާ ވަނީ ރާއްޖެ ތަމްސީލްކޮށްފައެވެ. "މިސް ޔުނިވާސް" ގައި ޝައިނާ ބައިވެރިވަނީ ސަރުކާރުގެ ބައިވެރިވުން އޮވެގެން ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެކަމާ ގުޅިގެން، ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިންގެ ދީނާއި އަގީދާއާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ، ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. މިނިސްޓްރީން ބުނީ، އެފަދަ ކަންކަމަކީ، ދިވެހިން ގަބޫލު ކުރާ އާންމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާވެސް ހިލާފު ކަމަކަށްވާއިރު، ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިއުން ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ގޮވާލާކަމަށްވެސް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން އިތުރަށް ބުނީ، ރާއްޖެ ތަމްސީލްކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުވުމަކީ ސަރުކާރުން ކުރާނެ ކަމަކަށް ނުވާއިރު، އެއީ ސަރުކާރުން ކުރުވާ ކަމެއްކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށް ގޮވާލާ ކަމަށެވެ. މި އަހަރުގެ "މިސް ޔުނިވާސް" މުބާރާތް ފަށާނީ ނޮވެމްބަރ 14 ގައެވެ. ފައިނަލް ޝޯ ބާއްވާނީ އޭ ގެ ދެ ދުވަސް ފަހުންނެވެ. މިއަހަރުގެ މުބާރާތުގައި 130 ގައުމަކުން ބައިވެރިވެއެވެ.

ގުޅުންހުރި ޚަބަރު