ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ގާނޫނުއަސާސީން އެކަށައެޅި އުސޫލުތައް ނުރޫޅޭނޭ ގޮތް ހަދަންޖެހޭ: ފައްޔާޒު
ޚަބަރު

ގާނޫނުއަސާސީން އެކަށައެޅި އުސޫލުތައް ނުރޫޅޭނޭ ގޮތް ހަދަންޖެހޭ: ފައްޔާޒު

މމުހައްމަދު އަލީ30 އޮކްޓޯބަރު 2024
ރައްޔިތުންގެ ބާރުވެރިކަން ގާއިމުކުރުމަށާއި، ހުދުމުހުތާރުވެރިކަމަކުން އުފެދޭ ބޭއިންސާފާއި އަނިޔާވެރިކަން ގަބޫލުނުކުރާ ފިކުރު އަށަގެންނެވުމަށް އެމްޑީޕީން ކުރަމުން ގެންދިޔަ މަސައްކަތް މިސަރުކާރުން ދަނީ ރޫޅާލަމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވެއްޖެއެވެ. ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެފައިވަނީ ފާއިތުވި ވިހި އަހަރު ތެރޭގައި އެމްޑީޕީން ކުރި މަސައްކަތަކީ މިއީ ކަމަށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި ހުރި ބިލުތަކަކީ ރައްޔިތުންގެ ބާރުވެރިކަމާއި ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް އަސާސްތައް ކަފުން ކުރުމަށް މި ސަރުކާރުން ތަންފީޒުކުރަމުންދާ އެޖެންޑާގެ ތެރެއަށް އިތުރުވި ޖަރީމާއެއް" ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ ސަރުކާރެއް ބަދަލުވާއިރަށް ހައްގުތައް އުނިކޮށް މުޅި ނިޒާމު ބަދަލުކޮށްލުމަށް އޮންނަ ފުރުސަތު ނައްތާލުން މުހިންމު ކަމަށެވެ. "މި ފާއިތުވެދިޔަ 16 އަހަރުގެ ތަޖުރިބާއިން އިބުރަތް ހާސިލުކޮށް ގާނޫނުއަސާސީއާ މެދު އަލުން ނަޒަރުހިންގައި، އެ ގާނޫނުއަސާސީން އެކަށައެޅި އުސޫލުތައް ނުރޫޅޭނޭ ގޮތަށް ބޮޑެތި ބަދަލު ތަކެއް ގެނައުމަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ،" އޭނާ ވިދާޅުވިއެވެ. މި މަސައްކަތް އެމްޑީޕީން ފަށާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު