ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މިވެރިކަން މިދަނީ ގެމްބިޔާގެ ވެރިކަން ހުރި މިސްރާބަށް: ސައުދު
ޚަބަރު

މިވެރިކަން މިދަނީ ގެމްބިޔާގެ ވެރިކަން ހުރި މިސްރާބަށް: ސައުދު

މމުހައްމަދު އަލީ30 އޮކްޓޯބަރު 2024
މިސަރުކާރުގެ ވެރިކަން މިދަނީ އެފްރިކާގެ ގައުމެއް ކަމަށްވާ ގެމްބިޔާގެ ވެރިކަން ހުރި މިސްރާބަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓުމިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މިކަން ހުއްޓުވުމަކީ ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އެހެން ކަމުން "ރައްޔިތުންގެ ބާރު ދައްކަންޖެހޭ ވަގުތު ޖެހިއްޖެ،" ކަމަށް ވިދާޅުވިއެވެ. ސައުދު ވިދާޅުވީ މި ސަރުކާރުން ގެންދަވަނީ އާންމު ރައްޔިތުން ދިރިއުޅުމަށް ކުރާ މަސަތްކަތްތަކުގެ ތެރެއަށް ވެސް ވަންނަމުން ކަމަށެވެ. އެއީ "ހިންގާބޮޑު ޖަރީމާއެއް،" ކަމަށް ވިދާޅުވިއެވެ. މިއީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތެއް ނެއްކަމުގެ ހެކި ކަމަށް ވެސް ސައުދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިރިއުޅުމަށް އާންމުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓެކްސީގެ ޚިދުމަތް ސަރުކާރުން ދޭން ވިސްނުމަކީ ވެސް އޭގެ ތެރެއަށް ވަނުން ކަމަށެވެ. އެހެންކަމުން އެކަން ވަގުތުން ހުއްޓާލުމަށް އޭނާ ސަރުކާރަށް ގޮވައިލެއްވިއެވެ. މިސަރުކާރުން ގެންދަވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ހުރިހާ ބާރުތަކެއް ރައީސަށް ލިބޭގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަވަމުން ކަމަށް ބައެއް ސިޔާސީން ގެންދަވަނީ ވިދާޅުވަމުންނެވެ.

ގުޅުންހުރި ޚަބަރު