ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ފޯމުތައް ރިއިވެލުއޭޓު ކުރާނަމަ އެކަން ބެލުމުގެ ފުރުސަތު އޮންނަވާނެ: ސާއިފް
ޚަބަރު

ފޯމުތައް ރިއިވެލުއޭޓު ކުރާނަމަ އެކަން ބެލުމުގެ ފުރުސަތު އޮންނަވާނެ: ސާއިފް

މމުހައްމަދު އަލީ31 އޮކްޓޯބަރު 2024
މާލޭ ސަރަޙައްދުގެ ފްލެޓް ފޯމުތައް ރީއިވެލުއޭޓު ކުރާނަމަ އެމަރުޙަލާގައި މާލޭސިޓޫގެ އިންތިޚާބީ މެންބަރުން ބައިވެރިވުމުގެ ފުރުސަތު ލިބެންވާނޭ ކަމަށް މާލެ ސިޓީކައުންސިލްގައި ގަލުޅު އުތުރު ތަމްސީން ކުރައްވާ މެންބަރު  ސައިފް ފާތިހު ވިދާޅުވެއްޖެއެވެ. އެހާލަތުގައި މާލޭސިޓީގެ "އިންތިޚާބީ މެންބަރުން ބައިވެރިވެ، އެމަސައްކަތް ހިނގާނުހިނގާ ގޮތް ބެލުމުގެ ފުރިހަމަ ފުރުސަތު ލިބެންވާނެ،" އޭނާ ވިދާޅުވެފައިވެއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަހުދެއް ކަމަށާއި ހައުސިން މިނިސްޓްރީއަށް އެކަން ހަދާން ކޮށްދެއްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. "އިތުބާރާއި ޔަޤީންކަން ހޯދާނޭނަމަ، ކައުންސިލްގެ އިތުރުން ބޯހިޔާވަހިކަމުގެ އިންޓަރެސްޓް ގްރޫޕްސްތަކަށްވެސް މިމަސައްކަތް އޮބްޒާރވްކުރެވެން ބޭނުންތެރި،" އޭނާ ވިދާޅުވިއެވެ. ސައިފު ވިދާޅުވެފައިވަނީ މިފަދަ ކަމެއް "ތިންވަނަ ލޮލަކަށް ނުފެނި، ޢައްޔަންކުރާ ވަކި ކޮމިޓީއަކުން، ފިލާތިބެ ކުރާ މަސައްކަތަކަށް އިތުބާރުކުރާން ދަތިވާނެ،" ކަމަށެވެ.

ގުޅުންހުރި ޚަބަރު