ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރައީސް "އޮޅުހިޔާ" ހުޅުވައި ދެއްވައިފި
ޚަބަރު

ރައީސް "އޮޅުހިޔާ" ހުޅުވައި ދެއްވައިފި

މމުހައްމަދު އަލީ3 ނޮވެމްބަރު 2024
ހުޅުމާލޭ ފޭސް ދޭއްގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިތަން ހުޅުވުމުގެ ރަަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސް ވަރުންފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫޢެއްކަމަށެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެމަޝްރޫޢު ކުރިއަށް ނުގެންދެވުނީކަމުގައި ވިދާޅުވިއެވެ. މިއީ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވަައިގެން ކުރިއަށް ގެންދެވި މަޝްރޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި މިފަދަ ދިރޭތަކެތި ރައްކާތެރިގޮތެއްގައި ބެލެހެއްޓުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އެއްވެސް އެމަނިކުފާނު ވަނީ ގާއިމްކޮށްދެއްވައިފައެވެ. މި ފެސިލިޓީ ޤާއިމުކުރުމަށް ބިން ހަމަޖައްސަވައި ހުރިހާ ވަޞީލަތްތަކެއް މަގުފަހިކޮށްދެއްވައި މި މަޝްރޫޢު ކުރިއަށްގެންދިއުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެއްވިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންނާ ގުޅިގެން ރައްޔިތުން ބޭނުންވާކަންކަން ފަހިކޮށްދެއްވުމަށް މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރައްވާނެކަމުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕެޓް ކެއަރ ފެސިލިޓީ، "އޮޅު ހިޔާ" ހުޅުއްވައިދެއްވައި އެތަން ބައްލަވާލައްވާފައެވެ. މިއީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާއިދުތަކަކާއި ޢުޞޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.  

ގުޅުންހުރި ޚަބަރު