ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސްޕެޝަލް ބޯޓްސް އިފްތިތާހު ކޮށްފި
ޚަބަރު

ސްޕެޝަލް ބޯޓްސް އިފްތިތާހު ކޮށްފި

ހިރި ނިއުސްހިރި ނިއުސް4 ނޮވެމްބަރު 2024
އެމްއެންޑީއެފްގެ ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާޙްކޮށްފިއެވެ. އެ ސްކްޑްރަން އިފްތިތާހު ކުރީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް، އެމްއެންޑީއެފުން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި އަސްކަރީ ހުށަހެޅުމުގެ ޙަރަކާތުގެ ތެރެއިންނެވެ. އެ ސްކްޑްރަން އިފްތުތާހު ކުރުމަށްފަހު ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ ޢަޒުމް ލައިދިނުން އޮތެވެ. ޢަޒުމް ލައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘެވެ. މި ރަސްމިއްޔާތުގައި ވަނީ ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ ކޯހުން ގްރެޖުއޭޓްވި ދަސްވެނިންނަށް ބެރޭ ޙަވާލުކޮށްދެއްވައިފައެވެ. ބެރޭ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ވަނީ ސްޕެޝަލް ބޯޓް ސްކޮޑްރަން ހަރަކާތްތެރިވާ ގޮތާއި، ސްޕެޝަލް ބޯޓް ސްކޮޑްރަންގެ އަންޑަރ ވޯޓަރ ޑިމޮލިޝަން ވީޑިއޯއެއްގެ އިތުރުން، ސްޕެޝަލް ފޯސަސްގެ ޙަރަކާތްތަކާއި، ރެޕަލިންގްގެ ޙަރަކާތްތަކާއި ކައުންޓަރ އެޓޭކެއްގެ މައިދާނީ ހަރަކާތްތަކެއް ދައްކުވައިދީފައެވެ. މީގެ އިތުރުން، އެއަރ ފޯސް ކޭޕަބިލިޓީސް، މެރިޓައިމް ކޭޕަބިލިޓީސް އަދި ލޭންޑް ފޯސް ކޭޕަބިލިޓީސްގެ ޢަސްކަރީ އަދި ހެވިކަމުގެ ޙަރަކާތްތައް ވެސް އޮތެވެ. އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ފެށުމުގެ ކުރިން، ދިވެހި ސިފައިން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޢަސްކަރީ ކުރުނީހެއް އަރުވައިފައެވެ. އެއަށްފަހު، ސިފައިންގެ އެހާރާއި މިހާރުގެ ހާލަތު ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކުން ވެސް އޮތެވެ.  

ގުޅުންހުރި ޚަބަރު