ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޝަހީދުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެނީ
ޚަބަރު

ޝަހީދުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެނީ

މމުހައްމަދު އަލީ4 ނޮވެމްބަރު 2024
ޝަހީދުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ފަންސާސް ހައުސިން ޔުނިޓުގެ ހައުސިން އިމާރާތެއް އަޅައި ނިންމައި އާއިލާތަކާ ހަވާލުކޮށްދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ނަސްރުގެ ދުވަހުގެ ރަސްމީޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެކަން ދައުރުގެ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ކޮށްދެއްވާނޭ ކަމަށެވެ. މި ހައުސިން ޔުނިޓުތައް އަޅުވައިދެއްވާނީ "ޝަހީދުންގެ ހިޔާ"ގެ ނަމުގައެވެ. ރައީސް ވިދާޅުވީ ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި 29 ސިފައިންނާއި، 2 ފުލުހުންނާއި ޢާއްމުންގެ 11 މީހަކު ގައުމީ ޚިދުމަތާ ގުޅުންހުރި އެކި ޙާލަތްތަކުގައި ދިމާވި ހާދިސާތަކުގައި މި ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުން އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމަށާއިމ އެއީ ބޭއިންސާފެއްކަމުގައި ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު