ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ކުޅުދުއްފުށީ ދަތުރަށްފަހު ނާއިބު ރައީސް މާލެ ވަޑައިގެންފި
ޚަބަރު

ކުޅުދުއްފުށީ ދަތުރަށްފަހު ނާއިބު ރައީސް މާލެ ވަޑައިގެންފި

ހިރި ނިއުސްހިރި ނިއުސް6 ނޮވެމްބަރު 2024
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކުޅުދުއްފުށި ސިޓީއަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވާފައެވެ. "ހަށިހެޔޮ ރާއްޖެ" އަކީ ސްޕޯޓްސް ކައުންސިލަރސް އަދި ޔޫތު އެސޯސިއޭޓުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން އިސްނަގަވައިގެން ކުރިއަށްގެންދަވާ ޚާއްސަ ހަރަކާތެކެވެ. މިގޮތުން މިއަދު މި އިފްތިތާޙުކުރެއްވި ޕްރޮގްރާމަކީވެސް މި ސަރުކާރުގެ ހަފުތާ 14ގެ ވަޢުދުތަކުގައި ހިމެނޭ، މޮޅެތި އެތުލީޓުން އުފެއްދުމާބެހޭ ދިގު ރާސްތާގެ ޕްރޮގްރާމް ފަރުމާކުރުމުގެ ސިޔާސަތުގެ ތެރެގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އަދި މިކަމަކީ މީހުން ބިނާކުރުމާއި ތަމްރީނުކުރުމަކީ ޤައުމުގެ ކުރިމަގު އުޖާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ތެރޭގައިވެސް ހިމެނޭކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު