ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މުޙައްމަދު ޔޫސުފް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
ޚަބަރު

މުޙައްމަދު ޔޫސުފް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

މމުހައްމަދު އަލީ6 ނޮވެމްބަރު 2024
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާގެ ލޮބުވެތި ބައްޕަ މުޙައްމަދު ޔޫސުފް އަވަހާރަވުމުން ރައީސް މިނިސްޓަރަށާއި އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ "ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއިއެކުއެވެ. މަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަކީ، ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިޙްސާންތެރިއެކެވެ." މިނިސްޓަރ ގެ ބައްޕައަކީ ގިނަ ބަޔަކު ދަންނަ ރަޙްމަތްތެރި ސާދާ މިޒާޖެއްގެ ވެރިއެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެއިތުރުން ޚިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. "މަރްޙޫމް މުޙައްމަދު ޔޫސުފްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދެމެވެ. މާތްﷲގެ ދީލަތިވަންތަ ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލެހެއްޓެވުން އެދި ކުރާ ދުޢާތައް ތަކުރާރުކުރަމެވެ. އާމީން،" ރައީސް ވިދާޅުވިއެވެ. "މަރްޙޫމް މުޙައްމަދު ޔޫސުފްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދެމެވެ. މާތްﷲގެ ދީލަތިވަންތަ ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލެހެއްޓެވުން އެދި ކުރާ ދުޢާތައް ތަކުރާރުކުރަމެވެ. އާމީން،" ރައީސް ވިދާޅުވިއެވެ. މުޙައްމަދު ޔޫސުފް އަވަހާރަވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ޖަނާޒާ އޮންނާނީ މިރޭ އިޝާގެ ފަހުންނެވެ.

ގުޅުންހުރި ޚަބަރު