ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މި ސަރުކާރު ހިނގަނީ އިގްތިސާދީ ޕްލޭނެއް އޮވެގެންނޫން: އެމްޓީއޭ
ޚަބަރު

މި ސަރުކާރު ހިނގަނީ އިގްތިސާދީ ޕްލޭނެއް އޮވެގެންނޫން: އެމްޓީއޭ

މމުހައްމަދު އަލީ10 ނޮވެމްބަރު 2024
ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގަނީ އިގްތިސާދީ އެއްވެސް ޕްލޭނެއް އޮވެގެންނޫން ކަމަށް ދަ މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ވިދާޅުވެއްޖެއެވެ. އެ އެސޯސިއޭޝަންގެ ޗެއާޕާސަން ސައުދުﷲ އަހުމްދު ވިދާޅުވީ ހިނގަހިނގާ އޮތްދައުލަތަކާ ހަވާލުވެ އަހަރެއްވެގެންދިޔައިރު ކުރިއަށްވުރެ އިގްތިސާދު ގޯސްވެގެންދިޔުމަކީ މައްސަލައެއް ކަމަށެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ބޮޑެތި ވައުދުތައް ވެވަޑައިގަންނަމުންނެވެ. އޭގެ ތެރޭގައި ދިވެހި ވިޔަފާރިތައް ކުރިއަރުވާނޭ ކަމުގެ ވައުދާއި، އިގްތިސާދު ކޮޅަށްޖަހާނޭ ކަމުގެ އުންމީދީ ވައުތައް ހިމެނެއެވެ. އޭގެ އިތުރުން ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު "ބަޖެޓުގައި އެއްވެސް އެއްޗެއްނެތަސް ތިމަން މަނިކުފާނަށް ގޮތްފެނިފައި ހުރިކަމުގެ ވާހަކަ ވިދާޅުވުމުން ރައްޔިތުން އެމަނިކުފާނަށް ތަނަވަސް އަޣުލަބިއްޔަތެއް ދިނީވެސް. އެހެނަސް ވެރިކަމަށް އަހަރެއްވާންދާއިރު މިފެންނަނީ ރާއްޖޭގެ އިގްތިސާދު ދުވަހެއް ދުވަހަކަށް ދަށަށްގޮސް ކުދި އަދި މެދުފަންތީގެ ވިޔަފަރިތައް ހުއްޓި އާންމު ރައްޔިތުންނަށް ލިބޭ އާމްދަނީ ހަމަ އެއްކޮށް ހުއްޓި މީހުން ބިކަވަމުންދާތަން،" ސައުދު ވިދާޅުވިއެވެ. މިއީ އިގްތިސާދީ ޕްލޭނަކާއެކު ވެރިކަމަށް ވަޑައިގެންނެވި ސަރުކާރެއްނަމަ ވެގެންވާނޭ ގޮތެއްނޫންކަމަށް ވެސް ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލް ކުރާގޮތުގައި މިސަރުކާރުގެ އިގްތިސާދީ ރަނގަޅު ޕްލޭނެއްނެތް. ސަރުކާރުން ލަފާކުރިގޮތަށް ބޭރުން ލިބިދާނޭ ކަމަށް ބެލި އާމްދަނީގެ މަގުތައްވަނީ ބަންދުވެފައި. އެއީ ޚާރިޖީ ސިޔާސަތުގެ ސަބަބުން ނުވަތަ ސަރުކާރު ހިންގަން ނޭނގުމުގެ ސަބަބުން ކަމަށް ވެސްވެދާނެ،" ސައުދު ވިދާޅުވިއެވެ. ކޮންމެ ސަބަބަކާހެދި ވިޔަސް މިސަރުކާރަށް ބައިނަލްއަގުވާމީ އެއްވެސް މާލީއިދާރާއަކުން ލޯނެއް ނުވަތަ ބަޖެޓު ސަޕޯޓަށް ވިޔަސް ފައިސާއެއް ނުލިބޭ ކަމަށް ސައުދު ވިދާޅުވިއެވެ. މީގެ ނަތީޖާއަކީ ޑޮލަރު ރޭޓު މިހާރުހުރިވަރަށް (ގާތްގަނޑަކަށް ނަވާރަ ބަޔަށް) ބޮޑުވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޑޮލަރު ރޭޓު މައްޗަށް ދިއުމުން ތަކެތީގެ އަގުބޮޑުވެ ޒަރޫރީ ބޭނުންތަކަށް މީހުން ބޭނުންކުރާ އެއްޗެހީގެ އަގުބޮޑުވެ ނިކަމެތީން އިތުރަށް ނިކަމެތިވެ ވިޔަފާރިތައް އެއްކޮށް މިހާރުވަނީ ހުއްޓިފައި ކަމަށް ސައުދު ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލް ކުރަނީ މިސަރުކާރު މިގޮތަށް ދިގުދެމިގެންދާނަމަ ރާއްޖޭގެ ރައްޔިތުންނަށް ދުވަހަކުވެސް ދިމާނުވާ ވަރުގެ އިގްތިސާދީ ބަލިމަޑުކަމެއް ނުވަތަ ދަތުމަޑުކަމެއް ކުރިމަތިވެދާނޭ ކަމަށް،" އޭނާ ވިދާޅުވިއެވެ. ސަރުކާރުން މިހާރު ގެންނަމުންދާ ބަދަލުތަކުން އެކަން އެބައެނގޭ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ. އެގޮތުން މިވެރިކަމާ ހަމައަށް ބާރަށްބަރަށް ލިބެމުން އައި އާސަންދަ ޚިދުމަތް މެދުނުކެނޑި އިތުރަށް ލިބިދާނޭ ކަމާމެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާލަތަށް ގައުމުދާކަށް ނުޖެހޭނެ އެއްވެސް ހިންގުންތެރިކަމެއް ސަރުކާރުގައި ހުރިނަމަ. ހިނގަހިނގާއޮތް ދައުލަތެއް. ފަތުރުވެރީންވަނީ އިތުރު. އެއާއެކު އާމްދަނީ އިތުރުވެގެންދާނެ. އެހެންނަމަވެސް ރައްޔިތުންނަށް ނުވަތަ ވިޔަފާރިވެރިންނަށް މިފައިސާ ޕަންޕު ނުވަނީ ކީއްވެތޯ؟ އާމްދަނީ އިތުރުވަންޏާ އެފައިސާ އާންމުންގެ ތެރޭގައި ދައުރުވާން އެބަޖެހޭ. އެހެންނުވެ ގައުމެއްގެ އިގްތިސާދު ކުރިއަށް ނާރާނެ،" ސައުދު ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު