ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޚުދުމުޚުތާރު ވެރިކަމަކަށް ޖާގަދީގެން ނުވާނެ: ޝާހިދު
ޚަބަރު

ޚުދުމުޚުތާރު ވެރިކަމަކަށް ޖާގަދީގެން ނުވާނެ: ޝާހިދު

މމުހައްމަދު އަލީ12 ނޮވެމްބަރު 2024
ޚުދުމުޚުތާރު ވެރިކަމެއްގެ ސިފައަދުގެ ސަރުކާރު ހިންގަންތިބި މީހުންގެ ކިބައިން ފެންނަމުންދާ ކަމަށާއި އެފަދަ ވެރިކަމަކަށް ޖާގަ ދީގެންނުވާނޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޖުމްހޫރީދުވަހުގެ ތަހުނިޔާ ދިވެހިއެންމެހާ ރައްޔިތުންނަށް ވިދާޅުވުމަށްޓަކައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ދިވެހި ރައްޔިތުން ބަލައިގަތީ މަތިވެރި އުއްމީދެއްގައި ކަމަށެވެ. ބޭނުމަކީ މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި، ހައްދެއްނެތި ބާރުތައް ލިބިފައިވާ ޚުދްމުޚްތާރު ވެރިކަމުގެ ނިޒާމަށް ނޫނެކޭ ބުނުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިއަދު ޢަމަލުކުރަމުން މިދާ ޤާނޫނުއަސާސީގެ ފުރަތަމަ ބާބުގެ 4 ވަނަ މާއްދާގައި ވެރިކަމުގެ ބާރުތައް ވުޖޫދުވެގެން އަންނަ ގޮތް އެހާމެ ސާފުކޮށް ބަޔާން ކޮށްފައި އެވަނީ އެ ހިތި ތަޖުރިބާގެ އަލީގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ." މީގެ މާނައަކީ ދިވެހި ރައްޔިތުން ޚުދުމުޚްތާރު ވެރިކަމަކަށް ޖާގަ ދޭން ބޭނުންނުވާކަން ކަމަށްވެސް ވިދާޅުވެފައިވެއެވެ. "ހިތާމަޔަކީ ޤާނޫނު އަސާސީގެ ރޫޙާއި, ބަޔާން ކޮށްފައިވާ އެންމެހާ ހަމަތަކާއި އަސާސްތަކާއި ޚިލާފަށް، ވެރިކަމުގެ ބާރުތައް ޖަމާކޮށް ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާތަން ފެންނަމުންދާކަން،" ޝާހިދު ވިދާޅުވެފައިވެއެވެ. މި މަގަށް ރާއްޖެ ދިޔަ ނުދިނުމަކީ އެންމެހާ ދިވެހީންގެ ވާޖިބެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު