ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރައީސް ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯއާ ބައްދަލު ކުރައްވައިފި
ޚަބަރު

ރައީސް ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯއާ ބައްދަލު ކުރައްވައިފި

މމުހައްމަދު އަލީ12 ނޮވެމްބަރު 2024
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދާ ބައްދަލުކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެ އާއި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނޭ އާގޮތްތައް ހޯދުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތައް ކުރިއަށްދާ ގޮތް ވެސް މި ބައްދަލުވުމުގައި މުރާޖަޢާކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މީގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް ވައިގެބަނދަރު ތަރައްޤީކުރުމާއި، އެނޫންވެސް ބިނާރާއި މަސްވެރިކަމާ ގުޅޭ މަޝްރޫޢުތައް ހިމެނެއެވެ. ދެ ބޭފުޅުންވެސް ވަނީ، މި މަޝްރޫޢުތައް ވަގުތަށް ނިންމުމުގެ ޢަޒުމުގައި ސާބިތުވެ ތިއްބެވިކަން ފާޅުކުރައްވައި، ނަތީޖާ ނެރެވޭފަދަ ތަރައްޤީގެ މަސައްކަތްތަކަށް ދެފަރާތުންވެސް އިޚްލާޞްތެރިކަމާއެކު ދޭ އަހަންމިއްޔަތު ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖެ އާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ހިއްސާކުރާ އިޤްތިޞާދީ އަދި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ދެފަރާތުގެ ގުޅުން ހަރުދަނާކުރުމަށާއި، ފުޅާ ދާއިރާއެއްގައި އެއްބާރުލުންދިނުމުގައި ސާބިތުވެ ތިއްބެވުމަށް އެއްބަސްވެވަޑައިގަންނަވަމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު