ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ތިން ކޮމިޝަނެއްގެ ވެރީން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ޚަބަރު

ތިން ކޮމިޝަނެއްގެ ވެރީން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

އއަހުމަދު މުހައްމަދު12 ނޮވެމްބަރު 2024
ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހާއި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނާއިބު ރައީސް އަބްދުއްސަލާމް އާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބު ރައީސް އަލީ ނަޝާތު ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. އެބޭފުޅުން ވަކިކުރަން ހުށަހަޅާފައި މިވަނީ، އެކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިދިޔަ ހަފުތާގައި ހުށަހެޅުމަށްފަހު، އެބޭފުޅުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިދެއްވުމަށް، އެދި ކޮމިޓީން މަޖިލިސް ރައީސަށް ފޮނުވުމުން މަޖިސް ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ގޮތުގައެވެ. އެ މައްސަލަ މިއަދުގެ ޖަލްސާގައި އިދާރީ މޭޒުން އިއުލާން ކުރުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރައްވައިފައެވެ. މަޖިލީހަށް ހުށަހަޅާފައި ވަނީ، ސީއެސްސީގެ ރައީސް ނާސިހު އާއި އޭސީސީގެ ނައިބު ރައީސް މަގާމުގެ އިތުރުން މެންބަރުކަމުންވެސް ވަކިކުރުމަށެވެ. ނަމަވެސް އީސީގެ ނައިބު ރައީސްގެ އިތުރުން އެ ކޮމިޝަންގެ ދެ މެންބަރުންވެސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރަންވެސް ހުށަހަޅާފައިވެއެވެ. މަޖިލިސް ގަވާއިދުގައިވާގޮތުން އެ މައްސަލައަށް މަޖިލިސް ތަޅުމުން ގޮތެއް ނިންމޭނީ، އެ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު، އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވުމަށްފަހު، އެކަމާބެހޭގޮތުން ކޮމިޓީން ނިންމާގޮތުގެ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވުމުން އެއަށް ވޯޓަށް އަހައިގެން ވޯޓުން ގޮތެއް ނިންމުމެވެ. އެބޭފުޅުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި މިވަނީ، އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށެވެ.

ގުޅުންހުރި ޚަބަރު