ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ރައީސްގެ ހަތަރު މެމްބަރުން ހިމަނައިިގެން މީޑިއާ ކޮމިޝަން އުފައްދަނީ
ޚަބަރު

ރައީސްގެ ހަތަރު މެމްބަރުން ހިމަނައިިގެން މީޑިއާ ކޮމިޝަން އުފައްދަނީ

އއަހުމަދު މުހައްމަދު13 ނޮވެމްބަރު 2024
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުން ހިމެނޭހެން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމަށް ބިލްގައި ހިމަނައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވާފައިވާއިރު، މި ބިލު މަޖިލީހަށް ހުށަހަޅުއްވާނީ، އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ. މި ބިލްގެ މަގުސަދުގެ ގޮތުގައި ހިމަނާފައިވަނީ، ރައްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުގައި ތަރައްގީކޮށް، ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް، ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑީޔާތަކާއި މީޑިޔާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލު ކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން ކަމަށެވެ. ބިލްގައި ބުނެފައިވަނީ މި ކޮމިޝަންގައި ހަތް ބެންބަރުން ހިމެނޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނާއި، މީޑިޔާތަކުން އިންތިހާބުކުރާ ތިން މެންބަރުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ފަރާތްތަކުގެ ނަންތައް މަޖިލީހަށް ފޮނުވައިގެން ރުހުން ހޯދަންޖެހޭނެކަމަށް ބިލްގައި ވަނީ ކަނޑައަޅައިފައެވެ. ބިލުގައިވާގޮތުން މީޑިޔާތަކުން ކޮމިޝަންގައި ހިމެނޭ މެންބަރުން އިންތިހާބު ކުރާނީ މި ގާނޫނުނުގެ ދަށުން ހަދާ ގަވާއިދުގައިވާގޮތުގެމަތިން އިލެކްޝަން ކޮމިޝަނުން ބާއްވާ އިންތިހާބަކުންނެވެ. މި އިންތިހާބުގައި ވޯޓު ލެވޭނީ ބްރޯޑްކާސްޓް މީޑިއާ ހިމެނޭނެހެން، ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތްކުރާ ނޫސްވެރިންނަށެވެ. މި ބިލްގައި ވަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރާނީ މަޖިލިސްގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މި ކޮމިޝަންގެ މެންބަރުކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. ނަމވެސް ވިދިވިދިގެން ދެ ދައުރަށްވުރެން ގިނަ ދުވަހު މެންބަރުކަމެއް ނުކުރެވޭނެއެވެ. ބިލްގައިވާގޮތުން ކަނޑައަޅާފައިވާ ގޮތުގެމަތިން ނޫހުގައި ޝާއިއު ނުރާތާ 12 މަސްދުވަސްވެފައިވާ ނޫސްތަކާއި، ރަޖިސްޓްރީ ކުރުމުގައި ކަމެއް އޮޅުވާލާފައިވާ ނޫސްތަކުގެ ރަޖިސްޓްރީ ބާތިލް ކުރެވޭނެއެވެ. އަދި ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް އޮތް ފަރާތަކުން މި ގާނޫނާއި ސުލޫކީ މިންގަނޑާ ހިލާފް ވެއްޖެނަމަ، ވޭތުވެދިޔަ އަހަރު އެ ފަރާތަށްލިބުނު އާމްދަނީގެ 10 ޕަސެންޓަށްވުރެން ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ. އަދި ކޮމިޝނުން އަންގާގޮތަށް، ކުރި ކުށް ރަނގަޅު ނުކޮށްފިނަމަ އެ ފަރާތެއްގެ ޕްރޮގްރާމް ޝެޑިއުލްގެ ބައެއް ވަގުތީގޮތުން މެދުކަނޑާލުމަށް އެންގުމާއި، އެތަނަކުން ފޮނުވާ ކޮންޓެންޓަކީ އިސްލާމްދީނާއި، ގައުމީ ސަލާމަތާއި، އާއްމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއްކަމަށް ބެލެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެއްޓެއް ބްރޯޑްކާސްޓްކުރުން ހުއްޓުވޭނެ ކަމަށްވެސް ބިލްގައިވެއެވެ. މީގެ އިތުރުން މަސައްކަތްކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމާއި، ކޯޓަށް ހުށަޅައިގެން ލައިސަންސް ބާތިލް ކުކރުމާ ހަމައަށް ފިޔަވަޅު އެޅުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފްވާނަމަ އެ ނޫހެގެ ނުވަތަ މަޖައްލާއެއް، 5000 ރުފޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކތްކުރާ ފަރާތްތަކާއި ނޫސްވެރިން 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭގޮތަށްވެސް ބިލްގައި ހިމަނާފައިވެއެވެ.

ގުޅުންހުރި ޚަބަރު