ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ގައުމީ މަޖިލިސް ނުބޭއްވިޔަސް ދެން ޕާޓީ އުވައެއްނުލެވޭނެ
ޚަބަރު

ގައުމީ މަޖިލިސް ނުބޭއްވިޔަސް ދެން ޕާޓީ އުވައެއްނުލެވޭނެ

އއަހުމަދު މުހައްމަދު13 ނޮވެމްބަރު 2024
ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތަށް ޕާޓީގެ ގައުމީ މަޖިލިސް ނުބޭއްވިޔަސް ޕާޓީ އުވާ ނުލެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހު ކޮށްފިއެވެ. ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރި ފަރާތްތަކަމަށްވާ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީ އުވާލަންވާނެ، ކަމަށްބުނާ ހަތަރު ހާލަތެއް، ގާނޫނުގެ 30 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރެއިން އެއް ހާލަތަކީ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަމްބަރުގައި ބުނާ ހާލަތެވެ. އެއީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ޕާޓީގެ ގައުމީ ބައްދަލުވުން ނުބޭއްވުމެވެ. ގާނޫނުގައި މިހާރު އޮންނަގޮތުން އެގޮތަށް ގައުމީ ބައްދަލުވުން ނުބާއްވައިފިނަމަ ޕާޓީ އުވާލެވޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީގެ ގާނޫނަށް މިއަދު ގެނައި އިސްލާހުގައި ވަނީ ގާނޫނުން އެ އަކުރު އުނިކުރަން ފާސްކޮށްފައެވެ. އެހެންކަމުން މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފެށުމުން، ގައުމީ ބައްދަލުވުން ނުބާއްވައިގެން ސިޔާސީ ޕާޓީ އުވައެއްނުލެވޭނެއެވެ. މީގެ އިތުރުން މި ބިލުން ފާހަގަކޮށްލެވޭ އަނެއް ބަދަލަކީ، ޕާޓީ ޕްރައިމަރީގައި ވާދަ ކުރާ މެންބަރުން އެހެން ހައިސިއްޔަތުން ހަމަ އެ އިންތިހާބުތަކުގައި ބައިވެރިވެވޭގޮތް ހެދުމެވެ. ގާނޫގެ 10 ވަނަ މާއްދާގައި މިހާރު އޮންނަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާނަމަ، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ މީހަކު އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ މީހެއްގެ ކެންޑިޑެސީ ބާތިލު ކުރަންވާނެ ކަމަށްވެސް ގާނޫނުގައި ބުނެއެވެ. ނަމަވެސް މިއަދު ފާސްކުރި ބިލުން ފާސްކޮށްފައި ވަނީ އެ މާއްދާވެސް އުވައި ލުމަށެވެ. މި ބިލް މަޖިލީހުން ފާސްކުރީ، މިއަދުގެ ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެވަގުތު ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްވީ ބިލް އެގޮތަށް ފާސް ނުކުރުމަށެވެ.

ގުޅުންހުރި ޚަބަރު