ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އެމްއެމްސީ ހާޒިރުކުކޮށް ކޮމިޓީ ބައްދަލުވުން މިއަދުވެސް ސިއްރު ކޮށްފި
ޚަބަރު

އެމްއެމްސީ ހާޒިރުކުކޮށް ކޮމިޓީ ބައްދަލުވުން މިއަދުވެސް ސިއްރު ކޮށްފި

އއަހުމަދު މުހައްމަދު14 ނޮވެމްބަރު 2024
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) މެންބަރުން ހާޒިރުކުރި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން މިއަދުވެސް ސިއްރު ކޮށްފިއެވެ. ކޮމިޓީގެ މިއަަދުގެ ބައްދަލުވުން ސިއްކު ކުރަން ހުށަހެޅުއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. ތާއީދު ކުރެއްވީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ. އެމްއެމްސީއާ ބެހޭގޮތުން ކޮމިޓީއަށް ގިނަ މައްސަލަތަކެއް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސް ވެރިންނާއި ސަރުކާރުުގެ އިދާރާތަކާ ގުޅޭގޮތުން ދޮގު ހަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅުނާޅާ މައްސަލަ ހިމެނެއެވެ. އެ މައްސަލަަތައް ކޮމިޓީއަށް ހުށަހަޅާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލެވެ. އެމްއެމްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކޮށްފައިވާއިރު، މިއަހަރު ނޫސްވެރިކަމުގެ އެވޯޑް ދިން ގޮކާމެދުވެސް ބޮޑެތި މައްސަލަތަކެއްް ވަނީ ފެންމަތިވެފައެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިއްޔެވެސް އެމްއެމްސީގެ މެންބަރުން ހާޒިކުރި އެވެ. ނަމަވެސް އެ ބައްދަލުވުންވެސް ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ގުޅުންހުރި ޚަބަރު