ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާކުރަނީ
ޚަބަރު

1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާކުރަނީ

އއަހުމަދު މުހައްމަދު15 ނޮވެމްބަރު 2024
އެކިއެކި ގައުމުތަކަށް ރާއްޖޭން ދައްކަންޖެހޭ ދަރަނީގެ ތެރެއިން 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ރަސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ދަރަނި އަދާކުރުމުގައިހުރި ކަންބޮޑުވުންތަކާބެހޭގޮތުން އެމްއެމްއޭގެ ގަވަރުނަރު ކޮމިޓީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ،  ރާއްޖޭގެ ދަރަނީގެ ބޮޑު ޕަސެންޓެއް ދައްކަން ޖެހެނީ ވަކިވަކި ގައުމުތަކަށް ކަމަށެވެ. އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގެ ދަރަންޏަކީ ބައިލެޓަރަލް ދަރަނި ކަމަށާއި، އެހެންކަމުން ބައިލެޓަރަލް ރިލޭޝަންސްގެ ސަބަބުން ބައިލެޓަރަލް ޕާޓްނާސްގެ ގޮތުން ދަރަނި ދެއްކުމަށް ލުއި ލިބޭނެ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ، 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާތައް ފަރާތަކާއެކު މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެ މަޝްވަރާތަކުން ހެޔޮ ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ފަރާތެއްކަމެއް މިނިސްތަރު ވިދާޅެއް ނުވެއެވެ.

ގުޅުންހުރި ޚަބަރު