ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަން ޗައިނާ ކުންފުންޏަކަށް
ޚަބަރު

އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަން ޗައިނާ ކުންފުންޏަކަށް

އއަހުމަދު މުހައްމަދު16 ނޮވެމްބަރު 2024
ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. އެކަމަށްޓަކައި ރައީސުލްޖުމްހޫރިްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސައިނޯ ހައިޑްރޯ ކޯޕަރޭޝަންގެ ކަންޓްރީ މެނޭޖަރު ޕެން ގުއާންޝޫއެވެ. މި ރަސްމިއްޔާތުގައި މިިނިސްޓަރު މުއްތަލިބު ވިދާޅުވީ، މިއެއްބަސްވުމަކީ ހުސްވި މެއިމަހުގެ އަށްވަނަ ދުވަހު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ކައުންސިލާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއާއެކު ޓެކްނިކަލް މަސައްކަތްކުރުމަށްފަހު އޭދަފުށީގައި އިމާރާތްކުރުމަށް ކަނޑައެޅި، ސަރަހައްދަށް ޑިޒައިންކުރުމަށްފަހު ޑީޓެއިލް ޕްރޮޕޯސަލް ހުށަހެޅުމާއެކު ސަރުކާރުން ކޮންޓްރެކްޓަރާ މަޝްވަރާކުރައްވައި އެއްބަސްވެގެން ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ. އޭދާފުށިގައި 1000 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މިމަޝްރޫއުގެ ދަށުން އެރަށުގައި ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 15 ބުރީގެ 12 ޓަވަރު ކަމށާއި، މިޓަވަރުގައި ހުންނާނީ ދެ ކޮޓަރީގެ 772 ފްލެޓާއި ތިން ކޮޓަރީގެ 336 ފްލެޓް ކަމަށްވސް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތަށް 15 ބުރީގެ 12 ޓަވަރު އެޅުމަށް ނިންމެވީ އޭދަފުއްޓަކީ ސަރުކާރުން ކަނޑައަޅާފައިވާ އަރބަން ސެންޓަރަކަށްވެފައި އެރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ބިން އިތުރުރުކުރެވެން ނެތުމާއެކު ވާޓިކަލް ޑިވެލޮޕްމަންޓަކީ މުހިންމުކަމެއްކަމަށް ގަބޫލްކުރެވިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު