ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ދައުލަތަށް ލިބެންވާ ބިލިޔަން ރުފިޔާ ހޯދަން މީރާއަށް ގާނޫނީ ބާރު ދޭންޖެހޭ
ޚަބަރު

ދައުލަތަށް ލިބެންވާ ބިލިޔަން ރުފިޔާ ހޯދަން މީރާއަށް ގާނޫނީ ބާރު ދޭންޖެހޭ

ޟޟަމްރަތު އަހްމަދު14 ނޮވެމްބަރު 2024
ދެހާސް ބާވީން ވަނަ އަހަރުންފެށިގެން އެކި ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ 23.6 ބިލިޔަން ރުފިޔާ ނުލިބި އެބައޮތް ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ. ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނައަހަރުގެ ދައުލަތުގެ ބަޖެޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އޮޑިޓާޖެނެރަލް ވިދާޅުވީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރު 5.9 ބުލިޔަން ރުފިޔާ، 2023 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް 7.7 ބިލިޔަން ރުފިޔާ އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 10 ބިލިޔަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށެވެ. ނިޔާޒީ ވިދާޅުވީ، އެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމަށެވެ. ފައިސާ ނުހޯދިވާ މައިގަނޑު ސަބަބަކީ ގާނޫނު ތަންފީޒުކުރަން މީރާއަށް ހުރި ގޮންޖެހުންތައް ކަމަށް ވެސް ވިދާޅވިއެވެ. "އެކަން އެންފޯސްކުރަން ބަލާއިރު މީރާއަށް ގާނޫނީގޮތުން، ނޫނީ އިދާރީގޮތުން ލިބޭ ބާރުތައް ހަނިވެފަ ވުމާއި މިކަހަލަ ގޮންޖެހުންތަކާހެދި، އެންފޯސްމަންޓްގެ ތެރެއިން ދޫވެގެންދާ ބައިތައް މީގެ ތެރޭގައި ވަރަށްބޮޑަށް ހިމެނިގެންދޭ،" އޮޑިޓާޖެނެރަލް ވިދާޅުވީ އެކަންތައްތައް ހައްލު ކުރުމަށް، ގާނޫނީގޮތުން މީރާއަށް ގާނޫނީ ބާރު ދޭންޖެހެ ކަމަށެވެ. "ގާނޫނުތަކަށް ބަދަލުގެނެސްގެން ވިޔަސް ރެގިއުލޭޝަންތައް ބަދަލުކޮށްގެންވިޔަސް ކޮމްޕްލެއިން ކުރެވޭނެ ގޮތްވާންޖެހޭ،"

ގުޅުންހުރި ޚަބަރު