ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސިޔާސީ މެޑެއްޔެއް ޖަހާލަން ސިނާޢަތެއް ފުނޑާލައިގެން ނުވާނެ: ޝާހިދު
ޚަބަރު

ސިޔާސީ މެޑެއްޔެއް ޖަހާލަން ސިނާޢަތެއް ފުނޑާލައިގެން ނުވާނެ: ޝާހިދު

މމުހައްމަދު އަލީ15 ނޮވެމްބަރު 2024
ސިޔާސީގޮތުން ވަގުތީ މެޑެއްޔެއް ޖަހާލަން ސިނާޢަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުން ނޫންކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އޭގެ ބަދަލުގައި ކަންކަން ރަނގަޅު ކުރެވޭނީ މަޝްވާރާ އިސްކޮށްގެން ކަމަށް ވިދާޅުވެފައިވެއެވެ. ޝާހީދު މިހެން ވިދާޅުވީ ބޭރުފައިސާއާ ބެހޭ ޤަވާއިދާއި މަނީޗޭންޖިންގ ވިޔަފާރިއާއި ބެހޭ ޤަވާއިދަށް ބަދަލުތައް ގެނައުމުގައި ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ނުކޮށް ސަރުކާރުން ކަންކަން ކުރަން އުޅުމުން ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންވާ މަގަށް ކަންކަން ދާކަން ފާހަގަ ކުރައްވައި ކުރެއްވީ ޕޯސްޓެއްގައެވެ. "އިޤްތިސާދުގެ މައިބަދައަކީ ކޮންމެ ޤައުމެއްގައިވެސް ރައްޔިތުންގެ ތެރެއިން އުފެދިގެންއަންނަ ވިޔަފާރިތައް ކަމަށްވާއިރު ސަރުކާރުތަކުން ވިޔަފާރީއާއި ގުޅުންހުރިސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންވާނީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތިވިޔަފާރިތަކަށް ގެއްލުން ނުވާނެގޮތަށް ކަމުގައިދެކެން. އެފަރާތްތަކާއި މަޝްވަރާކޮށް ގޮތްނިންމުމަކީ އެންމެ ރަނގަޅުގޮތް،" ޝާހިދު ވިދާޅުވެފައިވެއެވެ. ބޭރުފައިސާއާ ބެހޭ ޤަވާއިދާއި މަނީޗޭންޖިންގ ވިޔަފާރިއާއި ބެހޭ ޤަވާއިދަށް ބަދަލުތައް ގެނައުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޮޑެތި މަހުޖަނުން ވަނީ އޭގޭ ބައެއް ކަންކަމަށް އަމަލުކުރެވެންނެތް ކަމަށް އަންގާފައެވެ. އެގޮތުން ސަރުކާރުން އެދޭވަރަށް ޑޮލަރު މާރުނުކުރެވޭނޭ ކަމަށް ޗަންޕާ ފަދަ ބޭފުޅުން ވަނީ ސަރުކާރަށް އަންގައިފައެވެ.  

ގުޅުންހުރި ޚަބަރު