ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޑްރޯން ބޭނުންކޮށްގެން ބޯޓެއް އަތުލައިގެންފި
ޚަބަރު

ޑްރޯން ބޭނުންކޮށްގެން ބޯޓެއް އަތުލައިގެންފި

މމުހައްމަދު އަލީ17 ނޮވެމްބަރު 2024
ގާނޫނާ ޚިލާފަށް ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ވަދެގެން އުޅުނު ބޭރު ގައުމެއްގެ ބޯޓެއް އަތުލައިގެންފިއެވެ. އެ ބޯޓު އަތުލައިގެންފައިވަނީ ރާއްޖެގެ އުތުރުގެ ސަރަހައްދުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއީ އެމްއެމްއެންޑީއެފް އެއަރ ކޯރ އާއި ކޯސްޓުގާޑު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ބޯޓެކެވެ. މި އޮޕަރޭޝަނުގައި ވަނީ ޑްރޯން ބޭނުންކޮށްފައެވެ. ގަނޫނާ ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅުނު ބޯޓު ހޯދައިގެންފައިވަނީ ޑްރޯނުންނެވެ. މި ބޯޓު މިހާރުވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއީ ކޮންގައުމެއްގެ ބޯޓެއް ކަމެއް ގައުމީ ދިފާއީ ބާރުން ހާމަކޮށްފައެއް ނުވެއެވެ. މި ކަމާގުޅޭ އިތުރު މައުލޫމާތު ލިބޭވަރަކުން ހާމަކުރަމުން ގެންދާނޭ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު