ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލް ހުޅުވައިފި
ޚަބަރު

ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލް ހުޅުވައިފި

ހިރި ނިއުސްހިރި ނިއުސް17 ނޮވެމްބަރު 2024
ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކާއެކު، ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ހަމަ ޖައްސަވައި މިއަދު ހުޅުވައިފިއެވެ. ޓަރޝަރީ ފެންވަރަށް ތަން ބަދަލުކޮށް އަލުން ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ.، އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ޚިދުމަތްތައް އިފްތިތާހުކޮށްދެއްވައިފައެވެ. ރައީސުް ވަނީ އެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރި ޚިދުމަތްތަކާބެހޭ ވީޑިއޯ ރިޕޯޓު ބައްލަވާލައްވައިފައެވެ. އޭގެ އިތުރުން އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ. އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ބައްލަވާލައްވައި، އެތަންތަނުން ދޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ރައީސް ވަނީ އޮޅުންފިލުއްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ހިންގުމުގެ ރެޖިސްޓްރޭޝަން އަދި އޮޕަރޭޓިންގ ލައިސަންސް ވެސް އެ ހޮސްޕިޓަލާ ވަނީ ހަވާލުކުރައްވާފައެވެ.  

ގުޅުންހުރި ޚަބަރު