ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ރިޔާސީ ޓިކެޓަށް ވާދަކުރާނެ ފަސް ބޭފުޅަކުވަރު އެބަ ފެނޭ: ރައީސް ސާލިހު
ޚަބަރު

ރިޔާސީ ޓިކެޓަށް ވާދަކުރާނެ ފަސް ބޭފުޅަކުވަރު އެބަ ފެނޭ: ރައީސް ސާލިހު

އއަހުމަދު މުހައްމަދު18 ނޮވެމްބަރު 2024
ރިޔާސީ ޓިކެޓް ހޯއްދެވުމަށްޓަކައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ޝައުވެރިވެވަޑައިގެންނަވާ ފަސް ވަރަކަށް ބޭފުޅުން އެބަތިއްބެވި ކަމަށް އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރާއްޖޭ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގައި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހު ވާދަކުރައްވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދާއިރު، ވިސްނުންފުޅަކީ ކޮބައިތޯ އާއި، ރިޔާސީ ޓިކެޓް ހޯއްދެވުމަށް ވާދަކުރައްވާނެތޯ، ދެންނެވި ސުވާލަށް ސާފު ޖަވާބެއް ނުދެއްވައި އެމަނިކުފާނު ވިދާޅުވީ، ޕާޓީ ތެރެއިން ވެރިކަމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާ ހަތަރު ފަސް ބޭފުޅަކު މިހާރުވެސް ފެންނަމުންދާ ކަމަށެވެ. "ވަރަށް ރަނގަޅުކަމެއް އެއީ، ވާދަވެރި އިންޓަރނަލް މަސައްކަތްތައް ކުރުން ކުރިއަށް ގެންދިއުން، އެކަމަކު އަޅުގަނޑު އެ ހުރިހާ ބޭފުޅުންގެ ކިބައިންވެސް އެދޭ ކަމަކީ ޕާޓީ ހިންގުމުގައި ހުރިހާ ބޭފުޅުންވެސް ޝާމިލްވެ ވަޑައިގަތުމަށް، އަމިއްލަ އިންޓްރެސްޓް އޮންނާނެ، އެކަމަކު އެއާ އެކީގައި ޕާޓީއާއިގެން ކުރިއަށް ވަޑައިގެންނަވާށޭ،" ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ފަރާތްތަކަށް ނަސޭހަތް ދެއްވުމުގެ ގޮތުން ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމާބެހޭގޮތުން އެމަނިކުފާނުގެ ވިސްނުންފުޅު، ޕަބްލިކަށް ހާމަކުރައްވާނެ ކަމަށާއި، ނަމަވެސް އެކަމާބެހޭގޮތުން އެމަނިކުފާނުގެ ވިސްނުންފުޅު، އޮތްގޮތް އެމްޑީޕީގެ ލީޑާޝިޕާއި އާއިލާގެ ބައެއް ފަރާތްތަކަށް އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެކި ގޮތްގޮތުން ތަކުރާރުކޮށް އެސުވާލު ދެންނެވުމުންވެސް އެމަނިކުފާނު ސާފުބަހުން ޖަވާބެއް ނުދެއްނެވިއެވެ. ވިދާޅުވީ އެކަމާބެހޭގޮތުން އެމަނިކުފާނު ނަންގަވާފައި ޑިޒިޝަން މިއަދު ހާމަކޮށްފިނަމަ، ޕާޓީއަށް ލިބޭ ފައިދާށްވުރެން ވާ ގެއްލުން ބޮޑުވެދާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ޕާޓީ ކުރިއަށް ދިއުމަށް އެމަނިކުފާނަކީ ހުރަހަކަށް ނުވާނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު