ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސާލާޙު ތަސްދީގު ކުރައްވައިފި
ޚަބަރު

ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސާލާޙު ތަސްދީގު ކުރައްވައިފި

މމުހައްމަދު އަލީ18 ނޮވެމްބަރު 2024
ގާނޫނާ އެއްގޮށް އުވާލާ ޕާޓީއަކުން ބޭނުންކޮށްފައިވާ ނަމާއި ނިޝާނާއި ސިއްކައާއި ކުލައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އަލަށް އުފައްދަން ހުށަހަޅާ ސިޔާސީ ޕާޓީއަކަށް ބޭނުންކުރެވޭނީ، އެ ސިޔާސީ ޕާޓީއެއް އުވާލާ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރު ފަހުން ކަމަށް ޕާޓީތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުން  މިބިލް ފާސްކޮށްފައިވަނީ ނޮވެމްބަރ 13 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާއިންނެވެ. މީގެ އިތުރުން ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި އިސްލާޙުގެ ދަށުން، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ ސުމެއް ޕޮއިންޓް އެކެއް އިންސައްތައާއި ސުމެއް ޕޮއިންޓް ދޭއް އިންސައްތައާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެކަމަށް ވަނީ ވެސް ވަނީ ބަޔާންކޮށްފައެވެ. ހަމަ މި ބިލުގެ ދަށުން، ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި، ޤާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތްތަކަށް އަދަބު ކަނޑައެޅުމުގެ މާއްދާ ވަނީ އިސްލާހުކޮށްފައެވެ. އެ ގޮތުން، ޤާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތެއް ތިރީސްހާސް ރުފިޔާއާއި ހަތްދިހަފަސްހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، އެ އަމަލެއް ހިންގި ފަރާތެއް ނިސްބަތްވާ ޕާޓީއެއް، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. ސިޔާސީ ޕާޓީގެ ގާނޫނަކީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާއި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާއި، ޕާޓީގެ މެންބަރުކަމާއި، ޕާޓީގެ ނަމުގައި އިންތިޚާބުތަކަށް ކުރިމަތިލުމާއި، ޕާޓީއަށް މުދަލާއި ފައިސާ ހޯދުމާއި، ޕާޓީގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، މުދަލާއި ފައިސާއިން މުޢާމަލާތު ކުރުމާއި، ޕާޓީ އުވާލުމާ، މިކަންކަމުގެ އުސޫލުތައް ކަނޑައެޅުމާއި، ޕާޓީތަކުން ތަބާވާންޖެހޭ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.    

ގުޅުންހުރި ޚަބަރު