ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މީޑިއާ ބިލަކީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަތު ހިމެނޭ ބިލެއްނޫން: ރައީސް
ޚަބަރު

މީޑިއާ ބިލަކީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަތު ހިމެނޭ ބިލެއްނޫން: ރައީސް

މމުހައްމަދު އަލީ18 ނޮވެމްބަރު 2024
ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރަކު މިހާރު ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑުކާސްޓިން" ބިލަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ސިޔާސަތުތަކެއް އެކުލެވޭ ބިލެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ސަރުކާރަށް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދަޅުވީ މީޑިއާ ކޮންޓްރޯލް ކުރައްވަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ. އޭގެ ބަދަލުގައި ބޭނުންފުޅުވަނީ މިހާރަށްވުރެ ބޮޑަށް މިނިވަންކަން ދެއްވަން ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަކީ މީޑިއާއަށް ބާރުފޯރުވައި ކޮންޓްރޯލް ކުރައްވާ ހިތްޕުޅުން އުޅުއްވާ ބޭފުޅެއްނޫން ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރައްވާމީ މިހާރަށްވުރެ ބޮޑަށް މީޑިއާ ބާރުވެރި ކުރެއްވުމަށް ކަމަށެވެ. އެގޮތުން ސަރުކާރުގެ ބަޖެޓުގެ ތެރެއިން މީޑިއާތަކަށް ފައިސާ ދެއްވައި މިނިވަން ކަމާއެކު އިތުރަށް މަސައްކަތް ކުރެއްވުމުގެ ޖާގަ ދެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށް ވިދާޅުވިއެވެ. މި ބިލާބެހޭ ގޮތުން ބައެއް ނޫސްވެރިންނާއި އެމްޖޭއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ބިލް މިހާރުއޮތް ގޮތަށް ފާސްކޮށްފިނަމަ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސައިލާނޭ ކަމަށް އެމްޖޭއޭ އިން ބުނެފައިވެއެވެ.    

ގުޅުންހުރި ޚަބަރު