ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ފުލެޓްތައް ނިންމަން އިތުރު ތިރީސް މިލިޔަން ޑޮލަރު ބޭނުންވޭ: ނާޒިމް
ޚަބަރު

ފުލެޓްތައް ނިންމަން އިތުރު ތިރީސް މިލިޔަން ޑޮލަރު ބޭނުންވޭ: ނާޒިމް

އއަހުމަދު މުހައްމަދު18 ނޮވެމްބަރު 2024
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯރޭޕަރޭޝަނުން ހުޅުމާލެ ދެވަނަ ފޭސްގައި އިމާރާތް ކުރަމުންދާ ފްލެޓްތައް ނިންމުމަށް އިތުރު 30 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން ގެންދާ ފްލެޓްތައް ނިންމޭނީ އިތުރު 30 މިލިޔަން ޑޮލަރު ލިބިގެން ކަމަށެވެ. ނާޒިމް ވިދާޅުވީ، އެ ފްލެޓްތައް ހަދަން ހަވާލުކޮށްފައިވަނީ، ހުރިހާކަމެއް ނިމޭގޮތަށްނޫން ކަމަށާއި، އޭގެ ތެރޭގައި ކަރަންޓާއި ފެނުގެ ހިދުމަތް ގުޅުމަށާއި، އެތަނުގެ ސެކިއުރިޓީއަށް ފައިސާ ބޭނުންވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އެކަންކަމަށް އަދި ފައިސާ ހަމަޖެހިފައިނުވާ ކަމަށެވެ. އޭގެ އިތުރުން އެ ފްލެޓްތައް އިމާރާތް ކުރުމުގެ މަސައްކަތަށް އިންޑިއާގެ އެގްޒިން ބޭކުން 85 ޕަސެންޓް ހަމަޖެއްސި ނަމަވެސް ސަރުކާރުން ހަމަޖައްސަންޖެހޭ 15 ޕަސެންޓް ހަމަޖެއްސިފައިނުވާ ކަމަށެވެ. އެކަން އޮއްވައި ފްލެޓް ލިބުނު މީހުންގެ ލިސްޓެއް ސަރުކާރުން ނެރުނު ނަމަވެސް ފްލެޓް ލިބޭ މީހުންނަށް އެތަނަށް ވަދެވޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ފްލެޓްތަކުގެ ތެރެއިން ފްލެޓް ލިބޭނެ 4000 މީހުންގެ ލިސްޓު އާއްމު ކުރުމަށް ސަރުކާރުން އެކި ތާރީހުތައް ދިނުމަށްފަހު، މިހާރުވަނީ ލިސްޓް އިއުލާނު ކުރުން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. ފްލެޓް ލިސްޓް ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާކަން ހާމަކޮށްފައި ވަނީ މިމަހު 16 ވަނދުވަހު ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައެވެ. މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރު ވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެކެވެ.

ގުޅުންހުރި ޚަބަރު