ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ޑަބްލިއުސީއޭގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
ޚަބަރު

ޑަބްލިއުސީއޭގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މމުހައްމަދު އަލީ18 ނޮވެމްބަރު 2024
މެލޭޝިއާގެ ލީޑިން އެއާ ކާގޯ ޗާޓަރުގެ ހިދުމަތް ފޯރުކޮށްދޭ ވޯލްޑް ކާގޯ އެއާލައިންސް (ޑަބްލިއުސީއޭ) ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ. ގިނަ އަދަދެއްގެ ކާގޯއާއެކު ފުރަތަމަ ފުލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު  14:15 ގައެވެ. ރާއްޖެއިން ފުރާފައިވަނީ 15:45 ގައެވެ. މި ބޯޓު ރާއްޖެ މިއައީ މެލޭޝިއާއިންނެވެ. މިއެއާލައިން މެދުވެރިކޮށް މެލޭޝިއާގެ އިތުރުން ބަނގްލަދޭޝް، ތައިލެންޑް، ސިންގަޕޫރުން ހެޔޮ އަގުގައި ރާއްޖެއަށް މުދާ ގެނެވޭނެއެވެ. މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އޮންނާނީ ކޮންމެ ހަފްތާއަކު ހޯމަ އަދި ހުކުރު ދުވަހުއެވެ. އެއާލައިންގެ ޝެޑިއުލް ދަތުރުތައް ވަރަށް އަވަހަށް ރާއްޖެއަށް ފަށާނޭ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މިއީ ދިވެހި ވިޔަފާރިވެރީންނަށް ލިބިގެންދާނޭ ވަރަށްބޮޑު ލުއި ފަސޭހައެކެވެ. މި ފުލައިޓުގެެ ޖެނެރަލް ސޭލްސް ސާވިސް އެޖެންޓަކީ އަލޯޒީ މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑެވެ

ގުޅުންހުރި ޚަބަރު