ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓަށް
ޚަބަރު

ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓަށް

އއަހުމަދު މުހައްމަދު19 ނޮވެމްބަރު 2024
އައިޖީއެމްއެޗްގައި  މަސައްކަތް ކުރަމުންދިޔަ ނަރުހެއް ކަމަށްވާ ފިލިޕިންސްގެ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ ލިބިފައިވާ ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ. ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ބުނީ ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، ހައިކޯޓުން އެ މައްސަލަ މިހާރު ވަނީ ބަލައިގެންފައެވެ. ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ލަމްހާ ދޫކޮށްލީ ތިން މަސް ދުވަހުގެ މުއްދަތަށް ގޭ ބަންދަށެވެ. އޭނާ ދޫކޮށްލީ ކޮންމެހެން ގެއިން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމާއި ރާއްޖެއިން ބޭރަށް ނުދިއުމުގެ ޝަރުތުތަކާ އެކު އެވެ. މިދިޔަ އަހަރު ވެސް ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި ނަމަވެސް އެ އަމުރު ގޯސްކަމަށް ނިންމައި ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. ލަމްހާގެ މައްޗަށް ދައުލަތުން ކުރަނީ އެނގި ހުރެ މީހަކު މަރައިލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އަދި އޭގެ އިތުރުން އައިޖީއެމްއެޗުން ހުއްދަ ނުނަގައި ނުރައްކާތެރި ބޭސްތަކެއް ނެގި ކަމަށް ތުހުމަތުކޮށް އިތުރު ދެ ދައުވާއެއް އޭނާގެ މައްޗަށް ކޮށްފައި ވެއެވެ.

ގުޅުންހުރި ޚަބަރު