ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ބެޖެޓުން ޚަރަދުކުރަން އޮތް ގޮތް ސާފުނުކޮށް ވޯޓުދީގެން ނުވާނެ
ޚަބަރު

ބެޖެޓުން ޚަރަދުކުރަން އޮތް ގޮތް ސާފުނުކޮށް ވޯޓުދީގެން ނުވާނެ

މމުހައްމަދު އަލީ19 ނޮވެމްބަރު 2024
ރައްޔިތުންގެ މަންދޫބުންގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބި އެންމެހާ މެންބަރުން ބަޖެޓު ފާސް ކުރަން ވޯޓު ދިނުމުގެ ކުރިން ބަޖެޓު ޚަރަދުކުރަން ހަމަޖެހިފައި އޮތް ގޮތެއް ސާފުކުރަންޖެހޭ ކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަންގެ ޗެއާމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ. މިއަދު ބަޖެޓު ބަހުސް ނިންމައި މާދަމާ ބަޖެޓު ފާސްކުރަން ވޯޓަށް އަހަންވަނީ ތައްޔާރުވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެން ކަމުން މިގައުމުގެ ޓެކްސް ފައިސާ ހިތުހުރިގޮތަކަށް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ބަޖެޓުން ޚަރަދުކުރަން ހަމަޖެހިފައިވާ ގޮތް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. "މިހާރު މިގައުމުގެ ރައްޔިތުން ޓެކްސް ދެއްކުން ހުއްޓާލަން ވެއްޖެ. ގަނޑުކޮށް 57 ބިލިއަން ރުފިޔާ ޖަހާފައި އެ ދަނީ މުލިޔާގެއަށް ކަމެއް، މެތުސް ޓީޗަރ ގެޔަށް ކަމެއް ނޭނގޭ ހާލަތަށް ގައުމުގެ ބަޖެޓު ހިނގައްޖެ،" އޭނާ ވިދާޅުވެފައިވެފައިވެއެވެ. މި ބަޖެޓުގެ ތަފްސީލްތައް އެނގެންނެތުމުން މީދޫދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްދު ވެސް ވަނީ ބަޖެޓަށް ވޯޓުދިނުން ފާފައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާ މިއަދު ވިދާޅުވީ ބަޖެޓުން ޚަރަދުކުރަނީ ކޮންކަމަކަށް ކަމެއް ނޭނގޭ ކަމަށެވެ. އެހެންކަމުން ބަޖެޓުން ޚަރަދުކުރާކަންކަމުގެ ތަފްސީލް ރައްޔިތުންނަށްޓަކައި ހިމަނާފައި ބަޖެޓު ފޮތް ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. މުޅި ބަޖެޓު ބަދަލު ކުރަންވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވީ މިހާރު ބަޖެޓު އޮތްގޮތުން އެއީ ސައްތައިންސައްތަ ރަނގަޅު އެއްޗެއް ކަމަށް ބަލައިނުގަނެވޭނޭ ކަމަށެވެ. އެހެންކަމުން ވާނުވާ ނޭނޭގެ ބަޖެޓަކަށް ވޯޓުދިނުން ރަނގަޅު ނުވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު