ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ތައިލެންޑާއި ދުބާއީން އާސަންދަ ލިބޭނެ ދުވަސް އިއުލާން ކުރަނީ
ޚަބަރު

ތައިލެންޑާއި ދުބާއީން އާސަންދަ ލިބޭނެ ދުވަސް އިއުލާން ކުރަނީ

އއަހުމަދު މުހައްމަދު19 ނޮވެމްބަރު 2024
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑއިގެންފައިވާވައުދު ފުޅާ އެއްގޮތަށް، ތައިލެންޑާއި، ދުބާއިން އާސަންދައިން ބޭސްފަރުވާ ކުރެވޭނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ބެހޭގޮތުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި، ރައީސް މުއިއްޒުގެ ވައުދުފުޅާ އެގޮތަށް ދުބާއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ދުވަހަކާ ބެހޭގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، ދުބާއީ އާއި ތައިލެންޑުން އާސަންދަ ލިބޭނެ ކަމަށް ރައީސް ވެވަޑއިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެކަން ކުރެވޭނެ ކަމަށެވެ. އެކަމަށްޓަކައި ޔޫއޭއީ އާއި ތައިލެންޑުގެ ބައެއް ހޮސްޕިޓަލްތަކާއެކު މަސައްކަތްކުރެވި އެކަމާއިގެން ކުރިއަށްދެވޭހިސާބަށް ވާސިލްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ހިދުމަތް ލިބޭނެ ދުވަހަކާއި އެކަމާބެހޭ އިތުރު ތަފްސީލް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ، ސަރުކާރުން މިހާރު ކުރިއަށްގެންދަނީ ސިއްހީ ހިދުމަތުގެ ދާއިރާއިން އެކި ފަރާތްތަކަށް ދޭންޖެހިފައހުރި ފައިސާ ދިނުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އާސަންދައިގެ ބިލްތަކަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ސިސްޓަމެއްގެ ތެރެއިން ދައްކަމުންގެންދާ ކަމަށްވެސް ވިދާޅުވިއެވެ. ހުސްވި ޖެނުއަރީމަހުގެ ތެރޭގައި ރައީސް ވިދާޅުވެފައިވަނީ ވަކި ދިމާއެއްގައި އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތެއްގެ ގޮތުގައި އާސަންސައިގެ ހިދުމަތް އޮތުމަށް ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންކަމުން ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރައީސްގެ ވާހަކަފުޅުގައި އޭރު ވިދާޅުވީ ތައިލެންޑާއި ޔޫއޭއީން އެހިދުމަތް ލިބޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު