ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަން ގެއްލޭ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީއަށް
ޚަބަރު

ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަން ގެއްލޭ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީއަށް

އއަހުމަދު މުހައްމަދު20 ނޮވެމްބަރު 2024
ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅައި ބިލްގެ އިބްތިދާއީ ބަހުސް ނިންމައި ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. އިބްތިދާއީ ބަހުސް ނިމުމުން މި ބިލް މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 69 މެންބރުންގެ އިއްތިފާގުންނެވެ ބިލް ބަލައި ނުގަތުމަށް 12 މެންބަރުން ވީޓު ދެއްވިއެވެ. މި ބިލަނީ މިއަދުން މިއަދަށް ނިންމަން އަމާޒު ކޮށްގެން ކުރިއަށް ގެންދާ މި ބިލް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ތާއީދު ކުރެއްވީ އިނގުރައިދޫދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. މުޅި މަޖިލީހުގެ ކޮމިޓީއަށް މި ބިލް ފޮނުވީ އެވަގުތު ޖަލްސާގައި ތިއްބެވި 84 މެނބަރުންގެ ތެރެއިން ވޯޓޫ ދެއްވި 71 މެންބަރުންގެ އިއްތިފާގުންނެވެ. ބިލް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށްް 12 މެންބަރުން ވޯޓު ދެއްވިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައި ގަތުމަކީ ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. ގާނޫނު އަސާސީއަށް މި އިސްލާހު ގެންނަން ހުށަހަޅާފައިވާ އިރު، އެންޓި ޑިފެކްޝަންގެ ގާނޫނަށް މިދިޔަ 19 ވަނަ މަޖިލީހުގައިވެސް އެ ބަދަލު ވަނީ ގެނެސްފައެވެ. އެ ގާނޫނުގައި ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު ހަތް ދުވަސް ތެރޭގައި ޕާޓީން އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭނެއެވެ. ނަމަވެސް އިސްތިއުފާ ނުދީފި ނަމަ ދެން ވާނެގޮތެއް އެ ގާނޫނުގައި ބުނެފައެއް ނުވެއެވެ. އެ މައްސަލަ މިހާރު ވަނީ އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހަޅައިފައެވެ.

ގުޅުންހުރި ޚަބަރު