ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އަޅުގަނޑު ގަބޫލު ކުރަނީ، ރައްޔިތުންގެ ވޯޓުގެ އަޣުލަބިއްޔަތުން ގޮނޑި ގެއްލޭގޮތަށް އޮތުން: އަނާރާ
ޚަބަރު

އަޅުގަނޑު ގަބޫލު ކުރަނީ، ރައްޔިތުންގެ ވޯޓުގެ އަޣުލަބިއްޔަތުން ގޮނޑި ގެއްލޭގޮތަށް އޮތުން: އަނާރާ

އއަހުމަދު މުހައްމަދު20 ނޮވެމްބަރު 2024
ގަބޫލު ކުރައްވަނީ، މަޖިލީހަށް މެންބަރަކު ހޮވާ ދާއިރާގެ ރައްޔިތުންގެ ވޯޓުގެ އަގުލަބިއްޔަތުން މަޖިލިސް މެންބަރުކަން ގެއްލޭގޮތަށް ގާނޫނުއަސާސީގައި އޮތުން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ހުރާ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނައީމު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުނުް ޕާޓީ ބަދަލުކޮށްފި ނަމަ މަޖިލިސް މެންބަރުކަން ގެއްލޭނެ ކަމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ، ސިޔާސީ ޕާޓީއަކުން ހޮވޭ މެންބަރުން ޕާޓީ ބަދަލު ކުރުުމުންގޮނޑި ގެއްކުމުގެ ވާހަކަ ބިލްގައި ބަޔާންކޮށްފައިވާއިރު އެކަން އޮންނަން ޖެހޭނެ ކަމަށް ދެކިވަޑައިގަންނަވަނީ ދާއިރާގެ އަގުލަބިއްޔަތުން މެންބަރު ވަކިކުެވޭގޮތަށް އޮތުން ކަމަށެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައި ގަތުމަކީ ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. ގާނޫނު އަސާސީއަށް މި އިސްލާހު ގެންނަން ހުށަހަޅާފައިވާ އިރު، އެންޓި ޑިފެކްޝަންގެ ގާނޫނަށް މިދިޔަ 19 ވަނަ މަޖިލީހުގައިވެސް އެ ބަދަލު ވަނީ ގެނެސްފައެވެ. އެ ގާނޫނުގައި ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު ހަތް ދުވަސް ތެރޭގައި ޕާޓީން އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭނެއެވެ. ނަމަވެސް އިސްތިއުފާ ނުދީފި ނަމަ ދެން ވާނެގޮތެއް އެ ގާނޫނުގައި ބުނެފައެއް ނުވެއެވެ. އެ މައްސަލަ މިހާރު ވަނީ އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހަޅައިފައެވެ.

ގުޅުންހުރި ޚަބަރު