ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސަތޭކަ މަސައްކަތްތެރީން އުފެއްދުމުގެ މަސައްކަތް ފަށައިފި
ޚަބަރު

ސަތޭކަ މަސައްކަތްތެރީން އުފެއްދުމުގެ މަސައްކަތް ފަށައިފި

މމުހައްމަދު އަލީ20 ނޮވެމްބަރު 2024
ހުނަރުވެރި ސަތޭކަ މަސައްކަތްތެރިން އުފެއްދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ ޑަބްލިޔު ޑީސީއާއި ޕޮލިޓެކްނިކު ގުޅިގެން ފަށައިފިއެވެ. މާލޭސިޓީކައުންސިލުން ވިދާޅުވެފައިވަނީ މި ޕޮރްގްރާމް ފަށްޓަވައި ދެއްވީ، މި ކަމަށް ޓަކައި ޕޮލިޓެކްނިކުގައި ބޭއްވި ޖަލްސާއެއްގައި، މާލެ ސިޓީކައުންސިލްގެ މޭޔަރު އާދަމް ޢާޒިމު ކަމަށެވެ. މި ރަސްމިއްޔާތުގައި ޢާޒިމް ވިދާޅުވީ ހުނަރުވެރި މަސައްކަތްތެރިންގެ އެއް ގިންތިއަކީ "އެންޓަރ ޕްރިނިއަރސް" ،ޚިޔާލެއް މައްޗަށް ވިޔަފާރިއެއް އުފައްކޮށް އެއިން ނަފާހޯދުން ކަމަށެވެ. މި ފަދަ ފަރާތްތައް ދިވެހި ޒުވާނުންގެ ތެރެއިން މަދުން ނަމަވެސް ފެންނަމުންދާތީ އުފާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. މޭޔަރު ޢާޒިމް ވިދާޅުވީ ހުނަރުވެރި މަސައްކަތްތެރިން އުފެދުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ސަރުކާރަށް ބަރޯސާނުވެ، އާމްދަނީ ހޯދާނެ މަގު ފަހިވެގެން ދިއުން ކަމަށެވެ. ހުނަރުވެރި މަސައްކަތްތެރިން އުފެދުމުން، އެކަން ހާސިލް ވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޕޮލި ޓެކްނިކާއި މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން މި އަދު މި ފެށި، މި ޕްރޮގްރާމުގައި، ޖުމުލަ ހިމެނެނީ ކުރު މުއްދަތުގެ 6 ކޯހެވެ. މީގެ ކޮންމެ ކޯހެއްގެ މުއްދަތަކީ 5 ދުވަހެވެ. މި ކޯސްތަކުގެ ތެރޭގައި ހިމެނޭނީ ދިގު ހެދުމާއި ދިވެހި ލިބާސް ފެހުމާއި ކަސަބު ބޯވަޅު ލިބާހުގައި އަޅާ ހިރުގެތުމާއި އަތްތެރި މަސައްކަތުގެ ތެރޭގައި ހިމެނޭ ވުޑްކާވިންއާއި އިލެކްޓްރިކް މަސައްކަތާއި އެއަރ ކަންޑިޝަނާއި ރެފްރިޖްރޭޝަންގެ މަސައްކަތްތައް ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު