ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މިގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ޕާޓީތަކުގެ ސަބަބުން:އުމަރު
ޚަބަރު

މިގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ޕާޓީތަކުގެ ސަބަބުން:އުމަރު

މމުހައްމަދު އަލީ21 ނޮވެމްބަރު 2024
ފާއިތުވި ނަވާރަ އަހަރުތެރޭގައި ދިވެހި ގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ސިޔާސީ ޕާޓި ތަކުގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި ބަދަލަށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ މީގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީގެ ލީޑަރުގެ މުށުތެރޭގައި ތާށިވީ ކަމަށެވެ. "ލީޑަރު ނުރުހޭގޮތަކަށް އަމަލުކޮށްފިނަމަ ނުވަތަ ޚިޔާލު ތަފާތު ވެއްޖެނަމަ ނުވަތަ ވޯޓުދީފިނަމަ ޕާޓީއިން ވަކިކޮށްލުމުން މަޖްލިސްގެ މެންބަރުކަން ގެއްލިގެންދާނެއެވެ." އުމަރު ވިދާޅުވީ ޕާޓީގެ ލީޑަރު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިޔަސް ހަނުހުރުން ނޫނީ ސަނާކިޔުން ނޫންގޮތެއް މެންބަރުންނަކަށް މިހާރު ނެތް ކަމަށެވެ. މަޖިލިސް މެންބަރުގެ އަމިއްލަ ވިސްނުމާ ފިކުރަށް ވަކާލާތުކޮށް ވޯޓުދިނުން ވެސް މިހާރު މިވަނީ ނިމުމަމަކަށް އައިސްފައި ކަމަށް އޭނާ ވިދާޅުވިއެވެ. "ޕާޓީ އެއްގެ ޓިކެޓްގައި މީހަކު މަޖްލިސް އަށް އިންތިޚާބު ވިޔަސް އެމެންބަރަކު ހޮވުމަށް ވޯޓުދޭ %75 މީހުންނަކީ ޕާޓީގެ މީހުންނެތް ނޫނެވެ. އެހެންކަމުން މަޖްލިސް މެންބަރު ތަމްސީލު ކުރަން ޖެހެނީ މުޅި ރައްޔިތުންނެވެ. ޕާޓީ އެއް ނޫނެވެ. އެތައް ސަތޭކަ ރައްޔިތެއްގެ ވޯޓުން ހޮވޭ މެންބަރަކު، މަޖްލިސް އިން ވަކިކޮށްލެވޭނީ ޕާޓީގެ ޑިސްޕްލިނަރީ ކޮމެޓީގެ 3 މެންބަރުންގެ ވޯޓުންނެވެ." އޭނާ ވިދާޅުވީ ގާނޫނު އަސާސީއަސް މިގެނައި ބަދަލުގެ ސަބަބުން "ރައްޔިތުންގެ މަޖްލިސް" މިހާރުވަނީ "ޕާޓީގެ މަޖްލިސް" އަށް ބަދަލުވެފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުން ނިކުމެ އިންތިޚާބުކުރާ މަޖިލީހެއްގެ ބާރު މިހާރު މިވަނީ (މިބަދަލާއެކު) ދެ ޕާޓީގެ ލީޑަރުންގެ އަތަށް ލިބިފައިކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. "ދެރައީ އަމިއްލަ ގައިގާ ވަޅިއެރޭއިރުވެސް މަޖްލިސް މެންބަރުންނަށް އެކަން ނޭގޭކަމެވެ." އުމަރު ވިދަޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު